Roadha Mihaaru

ފިލިޕިންސްގެ އަވަށެއްގައި މަދިރި ހިފުމުން ފައިސާ ދެނީ

ފިލިޕީންސްގައި އާބާދީ އެންމެ ބޮޑު އެއް ސަރަހައްދުގެ އަވަށެއްގައި ޑެންގީ ހުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގައި، މަދިރި ހިފައިގެން ގެނެސްދޭ މީހުންނަށް ފައިސާ ދޭން ނިންމައިފި އެވެ.

މެނީލާގެ މެދުތެރޭގެ ބަރަންގޭ އެޑިޝަން ހިލްސްގެ ވިލެޖް ޗީފް ކާލިޓޯ ސާނާލް ވަނީ ކޮންމެ ފަސް މަދިރިއަކަށް އެއް ޕެސޯ ދޭން ނިންމައިފަ އެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 53ލ. އެވެ.

މި ނިންމުމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން ބޮޑުވެފައި ވިޔަސް ސާނާލް ވަނީ މިއީ އާންމު ސިއްހަތަށްޓަކައި އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް ވިދާޅުވެ ނިންމެވުން ދިފާއުކުރައްވައިފަ އެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުން ފެތުރޭ މިންވަރު މި ފަހުން ފިލިޕިންސްގައި ވަނީ އިތުރުވެފަ އެވެ.

މަދުވެގެން މަހެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އިއުލާނުކުރީ އެ އަވަށުގެ ދެ ދަރިވަރަކު ބަލީގައި މަރުވުމާ ގުޅިގެންނެވެ.

ސާނާލް ވިދާޅުވީ ކޮންމެ ބާވަތެއްގެ މަދިރިއެއް ނަމަވެސް އަދި މަދިރި މަރުވެފައި އޮތަސް ނުވަތަ ދިރިހުއްޓާ ގެނަޔަސް ފައިސާ ދޭނެ ކަމަށެވެ. މަރުނުވާ މަދިރިތައް އަލްޓްރާވައިލެޓް ލައިޓް ބޭނުންކޮށްގެން ނައްތާލާނެ ކަމަށް ވިދާޅުވި އެވެ.

މިކަން ކޮށްގެން މީހުން މިހާރުވެސް ފައިސާ ހޯދަން ފަށާފައި ވާއިރު ފާޑުކިޔާ މީހުން ބުނަމުން ދަނީ ފިލިޕިންސަށް ދެން އަންނާނީ "މަދިރި އާލާކުރުމުގެ ވިޔަފާރި" ކަމަށެވެ.