އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން މި ރޯދަމަހަށް ހާއްސަކޮށް، އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
05 މާޗް 2025
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން މި ރޯދަމަހަށް ހާއްސަކޮށް، އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޖޭ މޯލް އިން ވިޔަފާރި ކުރާ ނަސީބުވެރި އެކަކަށް ކޮންމެ ދުވަހަކު ވެސް އެ ޕްރޮމޯޝަންގައި 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އެމްއައިބީގެ ކާޑު ބޭނުން ކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެ ބޭންކުން މިހާރު ކުރިއަށް ގެންދާ "ކާޑުން ކަނޑާލާ" ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. އެއީ އެއް ވަނަ އަށް ދުބާއީ ދަތުރެއް، ދެ ވަނަ އަށް އައިފޯން 16 ޕްރޯ މެކްސްއެއް އަދި ތިން ވަނަ އަށް ރިސޯޓު ދަތުރެއް ހުށަހަޅައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
އެމްއައިބީ އިން އެސްޖޭ މޯލްގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް އިހުސާން ފިހާރަ އާއި މޯތީ މަހަލް، ޗިކިން އަދި ގްލޯރިއާ ޖީންސްގައި ވެސް އަންނަނީ ހާއްސަ ޕްރޮމޯޝަނެއް ހިންގަމުންނެވެ. އެ ޕްރޮމޯޝަނުގައި އެ ތަންތަނަށް ދާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި 70 މީހަކަށް ކޮންމެ ހަފުތާއަކު ވެސް 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖްޑް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
"ބިންގާ" ގެ ނަމުގައި އެމްއައިބީގެ ހާއްސަ މާހެފުމެއް
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
އެމްއެޗްއޭއިން ކޮންމެ ދުވަހަކު 1000ރ. ދެނީ