އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން މި ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
06 މާޗް 2025
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން މި ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހުޅުމާލެ 1 ގައި ހުންނަ ފަހި ޕްލާޒާ އިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ކަސްޓަމަރަކަށް ކޮންމެ ދުވަހަކު ވެސް އެ ޕްރޮމޯޝަންގައި 1،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަނުގައި ފަހި ޕްލާޒާގެ ދެ ފިހާރަ އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އެމްއައިބީ އިން ރޯދަމަހަށް ހާއްސަކޮށް އެކި ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓުތަކާ އެކު، ނަސީބުވެރިންނަށް ކޮންމެ ދުވަހަކު ނުވަތަ ހަފުތާއަކު 1،000ރ. ލިބޭ ޕްރޮމޯޝަން އަންނަނީ ހިންގަމުންނެވެ. އެސްޖޭ މޯލްއިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް 1،000ރ. އަދި އިހުސާން ފިހާރަ އާއި މޯތީ މަހަލް، ޗިކިން އަދި ގްލޯރިއާ ޖީންސްއަށް ދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ޖުމްލަ 70 މީހަކަށް 1،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީ އިން ބުނީ އެކި ފަރާތްތަކާ ގުޅިގެން މި އަހަރު ކުރިއަށް ގެންދާ އެ ޕްރޮމޯޝަނަކީ ރޯދަމަހު ގިނަ ބަޔަކަށް އަގުހުރި ފައިސާގެ އިނާމެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ބޭންކުން ރޯދަމަހަށް "ކާޑުން ކަނޑާލާ"ގެ ނަމުގައި ވެސް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އެއީ އެމްއައިބީގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި އެއް ވަނަ އަށް ދުބާއީ ދަތުރެއް، ދެ ވަނަ އަށް އައިފޯން 16 ޕްރޯ މެކްސްއެއް އަދި ތިން ވަނަ އަށް ރިސޯޓު ދަތުރެއް ވަނީ ހުށަހަޅައިފަ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖްޑް އިސްލާމިކް ބޭންކެވެ. އެ ބޭންކުން ކޮންމެ އަހަރަކު ވެސް ރޯދަމަހަށް އެކި ޕްރޮމޯޝަންތައް ބާއްވަ އެވެ.
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
"ބިންގާ" ގެ ނަމުގައި އެމްއައިބީގެ ހާއްސަ މާހެފުމެއް
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
އެމްއެޗްއޭއިން ކޮންމެ ދުވަހަކު 1000ރ. ދެނީ