Roadha Mihaaru

"މިހާރު ބަދިގެ": ފަރުމަސް ކިރުގަރުދިޔަ

ކަނޑުމަހަށް ވުރެ ގިނަ ބަޔަކަށް ފަރުމަސް ކަމުދެ އެވެ. ގަރުދިޔަ ކައްކައިގެންނާއި ފިހެގެން އަދި ފަރުމަސް ރިހަ ވެސް މީރެވެ.

"މިހާރު ބަދިގެ": ފަރުމަސް ކިރުގަރުދިޔަ

ކަނޑުމަހަށް ވުރެ ގިނަ ބަޔަކަށް ފަރުމަސް ކަމުދެ އެވެ. ގަރުދިޔަ ކައްކައިގެންނާއި ފިހެގެން އަދި ފަރުމަސް ރިހަ ވެސް މީރެވެ.

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ އެޕިސޯޑުގައި ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ ރެސިޕީއަކީ ފަރުމަސް ކިރުގަރުދިޔަ އެވެ.

ރޯދަ މަހަށް ހާއްސަކޮށްފައިވާ މި ރެސިޕީ ރޯދަ ވީއްލާގަޑިއަށް އަދި ހާރުކާން ވެސް ކަމުދާނެ އެވެ. ކިރުގަރުދިޔަ ކައްކަން ފެޒޫ ބޭނުންކުރީ ގިއުޅެވެ. އެކަމަކު އެ މީހަކަށް މީރު ފަރުމަހެއްގައި މި ރެސިޕީ ތައްޔާރުކޮށްލެވިދާނެ އެވެ.

ފެޒޫގެ މި ރެސިޕީ ކިޔައިދޭއިރު، ޑިޓިއުންބޭންޑްގެ އަހްމަދު ފުރުގާން (ފޫޖީ)ގެ ހިތްގައިމު ލަވައެއް ބެލުންތެރިންނަށް ހުށަހަޅައިދޭނެ އެވެ.

ބޭނުންވާ ތަކެތި

ރަތްގިއުޅު

ކަފީރް ލައިމް ލީވްސް

މިރުސްކޮޅެއް

ކޮރިއެންޑާކޮޅެއް

ލެމަންގްރާސްކޮޅެއް

ފިޝްސޯސް

ހުތްއަނބުކޮޅެއް

ގަލަންގާލްކޮޅެއް

ފިޔާ ކޮށާފައި

ލޮނުމެދު (ދިގުކޮށް ކޮށާފައި)

ރީނދޫ

ލޮނު

ދެ ސަމްސާ ހެލެނބެލި ޕޭސްޓް

ކާށިކިރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކުޑަ ތެޔޮ ފޮދެއްގައި ފިޔަ އާއި ލޮނުމެދުކޮޅު މީރުކޮށްލާނީ އެވެ. ފިޔާ ރަތްވެލަން ކައިރިވީމަ ކޮރިއެންޑާގެ ރޫޓްސްކޮޅާއި ހެލެނބެލި ޕޭސްޓްކޮޅު އަދި އަނބު އަޅާލާށެވެ. އޭގެތެރެއަށް ދެން އަޅާނީ ކާށިކިރެވެ.

ކެކެން ފެށުމުން ލޮނާއި ކުޑަ ރީނދޫކޮޅަކާއި ފިޝްސޯސްކޮޅު އަޅައި ކުލަ އަރަންދެން ކައްކާނީ އެވެ. ދެން އަޅާނީ މިރުސްކޮޅާއި ލެމަންގްރާސް އާއި ގަލަންގާލް އަދި ކަފީރް ފަތެވެ.

ބޮކިޖަހަން ފެށުމުން މަސްކޮޅު އަޅާލާށެވެ. ފަރުމަހަކީ ވަރަށް ފަސޭހަ އިން ރޯފިލާ އެއްޗަކަށް ވާތީ މާގިނަ އިރު ކައްކާކަށް ނުޖެހޭނެ އެވެ. އުނދުން ނިއްވާލަން ކައިރިކޮށްފައި ބޯކިރުކޮޅު އަޅާލާށެވެ.

ކޮރިއެންޑާގެ ފަތްކޮޅު އަޅަނީ ރިހަ ކައްކާ ނިންމައި އުނދުން ނިންވާލުމަށް ފަހު އެވެ.