މުގުރިހައަކީ ގިނަ ބައެއްގެ ފޭވަރިޓެވެ.
މުގުރިހައަކީ ގިނަ ބައެއްގެ ފޭވަރިޓެވެ.
ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ އެޕިސޯޑުގައި ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ ރެސިޕީގެ ތަފާތަކީ ގޮޓޮކޮލަ ފަތް ބޭނުންކޮށްގެން މުގުރިހަ ހެދުމެވެ.
ގޮޓުކޮލާ ފަތުގައި ސިއްހީ ގިނަ ފައިދާ އެކުލެވިގެންވެ އެވެ. ސެލަޑް ހަދާ ފަތް ވިއްކާ ގިނަ ފިހާރަތަކުން ލިބެން ހުންނަ މި ފަތަކީ ވަރަށް ފަސޭހަ އިން ހެއްދޭ ވެސް ފަތެކެވެ.
"މިހާރު ބަދިގެ": ގޮޓުކޮލާ މުގުރިހަ
— Mihaaru (@Mihaarunews) March 9, 2025
މެއިން ސްޕޮންސާ: @Dhiraagu
ގްރޮސެރީސް ޕާޓްނާ: @FamilyGrocer
ވާޑްރޯބް ޕާޓްނާ: @ilalaMV sereinmv
ލަވަ: ކައިވެނީގެ އަމާޒު
ލަވަކިޔުންތެރިޔާ: އަހުމަދު ފުރުގާން (ފޫޖީ) @fujifurqan @detuneband
ލަވައިގެ އެރޭންޖްމަންޓް އަދި ޕްރޮޑިއުސްކުރީ:… pic.twitter.com/qqHS7KLqnJ
2 ޖޯޑު މުގު 2 ޖޯޑު ގޮޓުކޮލާ 1 ފިޔާ 4 ލޮނުމެދު 1/2ޖޯޑު ހިކިމަސް (މުގުރާފައި) 1 ޖޯޑު ކޮކޮނަޓް ކްރީމް 1 ޖޯޑު ކާށިކިރު 2 ސަމްސާ ހެލެނބެލި ހުތް ލެމަންގްރާސްކޮޅެއް ކޮރިއެންޑާކޮޅެއް ހިކަނދިފަތް 6 ކަފީރް ލައިމް ލީވްސް 1 ސަމްސާ ރީނދޫ ލޮނުކޮޅެއް 1 ދަޅު މަަސް
އާއްމުކޮށް މުގުރިހަ ކައްކާ ގޮތަށް ފުރަތަމަ މުގު މަޑުކޮށްލާނީ އެވެ. އޭގެ ތެރެއަށް ކަފީރް ލައިމް ލީވްސްކޮޅަކާއި ރީނދޫކޮޅެއް އަޅާލާށެވެ.
މުގު މަޑުވާއިރަށް ފިޔާކޮޅާއި ލޮނުމެދުކޮޅު ރަތްކޮށްލާށެވެ. އޭގެ ތެރެއަށް ދެން އަޅާނީ ލެމަންގްރާސްކޮޅާއި މިރުހާއި މުގުރި މަހާއި ހެލެނބެލި ހުތާއި މަސްދަޅެވެ.
އިރުކޮޅަކު ކައްކާލުމަށް ފަހު، މަޑުކޮށްފައި ހުރި މުގު ތެރެއަށް އަޅާލާނީ އެވެ. ބޮކި ޖަހަން ފެށުމުން ކަފީރް ލައިމް ފަތާއި ކޮކޮނަޓް ކްރީމް އަޅާލާނީ އެވެ. ގޮޓުކޮލާ ފަތް އަޅާނީ އެންމެ ފަހުންނެވެ.
އިރުކޮޅަކު ކެކުމުން އުނދުން ނިންވާލާނީ އެވެ. އޭގެ މައްޗަށް ކޮރިއެންޑާކޮޅު އަޅާލާށެވެ.
މިހާރު ބަދިގެ: ކަދުރު ކޭކް
"މިހާރު ބަދިގެ": ކިއުކަމްބާ ސެލަޑް
"މިހާރު ބަދިގެ": ބަނާނާ ލީފް ފިޝް
"މިހާރު ބަދިގެ": ސްޓަފްޑް ސްކޮއަޝް
"މިހާރު ބަދިގެ": ފަރުމަސް ކިރުގަރުދިޔަ
"މިހާރު ބަދިގެ": މުގުރޮށި
"މިހާރު ބަދިގެ": ބަނާނާ ބިސްކަޓްސް
"މިހާރު ބަދިގެ": ކޮކޮނަޓް ޗިކަން ކަރީ
"މިހާރު ބަދިގެ": ހޭޒަލްނަޓް ކޭކް
"މިހާރު ބަދިގެ": ފެޒޫއާ އެކު ކެއްކުމުގެ އުފާވެރިކަން