ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް ކަދުރުގެ ދުވަހެކެވެ. ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ކަދުރު ކޭކެވެ.
ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް ކަދުރުގެ ދުވަހެކެވެ. ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ކަދުރު ކޭކެވެ.
ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ) ހުށަހަޅައިދޭ މި ޝޯގައި މިއަދުގެ ރެސިޕީ އަކީ ވެސް ކުޑަ ވަގުތުކޮޅަކުން ތައްޔާރުކޮށްލެވޭ މީރު ކޭކެވެ. ގޭގައި އާއްމުކޮށް ހުންނަ ބާވަތްތަކުން މި ކޭކު އެޅިދާނެ އެވެ.
“މިހާރު ބަދިގެ": ޑޭޓް ކޭކު
— Mihaaru (@Mihaarunews) March 10, 2025
މެއިން ސްޕޮންސާ: @Dhiraagu
ގްރޮސެރީސް ޕާޓްނާ: @FamilyGrocer
ވާޑްރޯބް ޕާޓްނާ: @sereinmv @ilalaMV
ލަވަ: ތިމާވެށި
ލަވަކިޔުންތެރިޔާ: ހުޔާމް މުހައްމަދު (ހުޔާ)
ލަވައިގެ އެރޭންޖްމަންޓް އަދި ޕްރޮޑިއުސްކުރީ: އަހުމަދު ފުރުގާން @fujifurqan @detuneband… pic.twitter.com/bVaYw6YXtn
ކަދުރު
1 ޖޯޑު ފުށް
ޕިސްޓާޝިއޯ
ކެޝޫނަޓް
އޮލިވް އޮއިލް
ވެނީލާ އެސެންސް
ބޭކިން ޕައުޑާ
1 ޖޯޑު ކިރު
ކޭކު އެޅުމުގެ 30 މިނެޓް ކުރިން މިލްކް ތެރެއަށް ކަދުރު އަޅާފައި ބަހައްޓާށެވެ. އޭރަށް މަޑުވެފައި މިކްސަރުން ހިމުންކޮށްލަން ފަސޭހަވާނެ އެވެ. އޭގެ ތެރެއަށް އޮލިވްއޮއިލްކޮޅަކާއި ވެނީލާ އެސެންސްކޮޅެއް އަޅަލާށެވެ.
މިކްސަރުން ގިރާލި ކަދުރު ތައްޓަަކަށް އަޅާފައި، އޭގެ ތެރެއަށް ފުށާއި ކިރުކޮޅެއް އަޅައި ރަނގަޅަށް މިކްސްކޮށްލުމަށް ފަހު ކޮށާފައި ހުރި ކަދުރު ކޮޅެއް އަޅާލާށެވެ. އެ މީހަކު ބޭނުން ވައްތަރެއްގެ ނަޓްސް އެޅިދާނެ އެވެ. ފެޒޫ ބޭނުންކުރީ ކެޝޫ ނަޓްސް އާއި ޕިސްޓާޝިއޯ އެވެ.
ޓްރޭގައި ރީއްޗަށް ފަތުރާލާފައި މައްޗަށް ވެސް ނަޓްސްކޮޅެއް އަޅާފައި ފިހަން އަވަނަށް ލާނީ އެވެ.
"މިހާރު ބަދިގެ": ގޮޓޮކޮލާ މުގުރިހަ
"މިހާރު ބަދިގެ": ކިއުކަމްބާ ސެލަޑް
"މިހާރު ބަދިގެ": ބަނާނާ ލީފް ފިޝް
"މިހާރު ބަދިގެ": ސްޓަފްޑް ސްކޮއަޝް
"މިހާރު ބަދިގެ": ފަރުމަސް ކިރުގަރުދިޔަ
"މިހާރު ބަދިގެ": މުގުރޮށި
"މިހާރު ބަދިގެ": ބަނާނާ ބިސްކަޓްސް
"މިހާރު ބަދިގެ": ކޮކޮނަޓް ޗިކަން ކަރީ
"މިހާރު ބަދިގެ": ހޭޒަލްނަޓް ކޭކް
"މިހާރު ބަދިގެ": ފެޒޫއާ އެކު ކެއްކުމުގެ އުފާވެރިކަން