Roadha Mihaaru

"މިހާރު ބަދިގެ": ބަނާނާ ލީފް ފިޝް

ފިހުނު މަސް ނެތިއްޔާ ރޯދަ މަހަކަށް ނުވެ އެވެ. ރޯދަ ވީއްލާ ގަޑިއަށް އަދި ހާރަށް ވެސް ވަރަށް ގިނަ މީހުން ފިހުނު މަސް ބޭނުންވެ އެވެ.

"މިހާރު ބަދިގެ": ބަނާނާ ލީފް ފިޝް

ފިހުނު މަސް ނެތިއްޔާ ރޯދަ މަހަކަށް ނުވެ އެވެ. ރޯދަ ވީއްލާ ގަޑިއަށް އަދި ހާރަށް ވެސް ވަރަށް ގިނަ މީހުން ފިހުނު މަސް ބޭނުންވެ އެވެ.

ދިރާގާ ގުޅިގެން ގެނެސްދޭ "މިހާރު ބަދިގެ" މިއަދުގެ ރެސިޕީއަކީ ބަނާނާ ލީފް ފިޝް އެވެ. މި ޝޯ ހުށަހަޅައިދޭ ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)ގެ މިއަދުގެ ރެސިޕީ އާއްމުކޮށް މަސް ފިހާ ގޮތާ ވަރަށް ތަފާތެވެ. އެކަމަކު ގިނަ ބާވަތްތަކާ އެކު ރަހަ މީރުވާނެ ކަމުގެ ޔަގީންކަން ފެޒޫ ދެ އެވެ.

މި ރެސިޕީގެ މެދުތެރެއިން މިއަދު ބެލުންތެރިންނަށް ފެޒޫގެ ލަވައެއް ހުށަހަޅައިދޭނެ އެވެ.

ރެސިޕީއަށް ބޭނުންވާ ތަކެތި:

ފަރުމަހެއް (ބޭނުން ވައްތަރެއްގެ)

ދޮންކެޔޮ ފަތް

ހުތް އަނބު

މިރުސް

ލެމަންގްރާސް

ކޮރިއެންޑާ ރޫޓްސް ކޮޅެއް

ފިޔާ

ލޮނުމެދު

އިނގުރުކޮޅެއް

ގަލަންގާލް

ކަފީރް ފަތްކޮޅެއް

ހެލެނބެލި ހުތް

ކުޑަ ލޮނުމިރުސްކޮޅެއް

ލޮނު

ޗިކަން ސްޓޮކް

ތައްޔާރުކުރާނެ ގޮތް

މި ރެސިޕީ ހަދަން ފެޒޫ ބޭނުން ކުރީ ދެ ގިނި މަހެވެ. މަހުގައި ލޮނުކޮޅެއް އުނގުޅުމަށް ފަހު ކޮށާފައި ހުރި ހުތް އަނބު މަހުގެ ތެރެއަށް ލައްވާލީ އެވެ. މަހުގެ ބަނޑުތެރެއަށް ލާނީ ލެމަންގްރާސް އާއި ނުކޮށާ ހުރި ލޮނުމެދާއި ކޮރިއެންޑާ ރޫޓްސް ކޮޅުގެ އިތުރުން ކުޅި ކުރަން ބޭނުންވާ ވަރަކަށް މިރުހެވެ.

އޭގެ ފަހުން މަސް ދޮންކެޔޮ ފަތުގައި އޮޅާލުމަށް ފަހު ފިހަން އަވަނަށް ލާނީ އެވެ.

ސޯސް ތައްޔާރުކުރާނެ ގޮތް

ފިޔަ އާއި ލޮނުމެދުކޮޅު ތެޔޮ ފޮދެއްގައި މީރުކޮށްލާށެވެ. އޭގެ ތެރެއަށް ގަލަންގާލް އާއި ކޮށާފައި ހުރި އިނގުރުކޮޅާއި ކުޑަ ލޮނުމިރުސްކޮޅެއްގެ އިތުރުން 4 ސަމްސާ ހެލެނބެލި ހުތް އަދި ޗިކަން ސްޓޮކް އާއި ކަފީރް ލައިމް ލީވްސް އަޅާލާނީ އެވެ.

މަސް ފިހެވުމުން, ތައްޔާރުކުރި ސޯސްގަނޑު މަހުގެ މައްޗަށް އަޅާލާނީ އެވެ. ދެން ލޮނުމެދު ކޮޅަކާއި ކަފީރް ލައިމް ލީވްސް ރަތްކޮށްފައި އަޅާލާނީ އެވެ.