Roadha Mihaaru
މިއީ ބިރު ދައްކަން ކުރާ ކަމެއް، ފަހަތަށް ނުޖެހޭނަން

މިއީ ބިރު ދައްކަން ކުރާ ކަމެއް، ފަހަތަކަށް ނުޖެހޭނަން: ރީކޯ މޫސަ

15 މާޗް 2017

އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭނާގެ މައްޗަށް ހުށަހަޅަން މަސައްކަތް ކުރަނީ ބިރު ދައްކައި، މަޖުބޫރު ކުރުމުގެ ބޭނުމުގައި ކަމަށާއި ބިރުދައްކައިގެން ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިތުބާރު ނެތް ކަމުގެ މައްސަލައެއް އޭނާގެ މައްޗަށް ހުށަހަޅަން މަސައްކަތް ކުރަނީ ބިރު ދައްކައި، މަޖުބޫރު ކުރުމުގެ ބޭނުމުގައި ކަމަށާއި ބިރުދައްކައިގެން ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ރައްދު ދެއްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރު ދައްކައި، މަޖުބޫރުކޮށްގެން ހާސިލް ކުރެވޭނެ ކަމެއް އޮތް ކަމަށް ދެކޭނަމަ، އެކަން ކުރާ ބަޔަކު އެ ކުރަނީ "މޮޔަ" ކަމެއް ކަމަށެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓު.

މޫސަގެ ޓުވީޓާ ގުޅިގެން "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން އޭނާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ހިންގުން ކަމަށެވެ. އަދި ރިޔާސަތުގައި އިންނަވާއިރު، އަބަދުވެސް މަސައްކަތް ކުރައްވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވަކި "މެމްބަރެއްގެ ކަނދުރާއަކަށް" ބެލުމެއް ނެތި ކަމަށް މޫސަ ވިދާޅުވި އެވެ.

"އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަކުން މައްސަލައެއް ނެތް. ކަމެއް ހާސިލް ނުވެދާނެތީ ބިރު ދައްކައިގެން މަޖިލީހުގެ ގާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން ކަމެއް ނުކުރުވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މޫސަ ތުހުމަތު ކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ނުވާނެ ކަން އެނގޭތީ މޫސަ އަށް ބިރު ދައްކަ އެވެ. އެކަމަކު، އެމަނިކުފާނަކީ ދައްކާނެ ބިރަކަށް ޖެހިލުން ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ ދަރިން ނިކުމެ އަޅުގަނޑުމެން މަގާމުތަކުން ވަކި ކުރަން މަސައްކަތް ކުރާ ތަން މި ފެންނަނީ. އެކަމަކު މި ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން،" މޫސަ

މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ކަމަށް ތުހުމަތު ކުރައްވައި، މޫސަ ވަނީ މައުމޫނަށާއި ބައެއް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަނީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާކުރުމުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަމުން ނުދާތީ އެވެ.

އެހެންވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިސް ނަގައިގެން އެ މައްސަލަތައް ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް މޫސަ ގޮވައިލެއްވި އެވެ. އެ ގޮތުން މައުމޫންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

"ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ ދަރިން ނިކުމެ އަޅުގަނޑުމެން މަގާމުތަކުން ވަކި ކުރަން މަސައްކަތް ކުރާ ތަން މި ފެންނަނީ. އެކަމަކު މި ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން،" މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ހަފުތާގެ ބުދަދުވަހު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ފާރިސް އެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރުމުގެ ވިސްނުން އަައީ މައުމޫންގެ ފެކްޝަނުން ކަމަށް ވެ އެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސް ކަމުން މޫސާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް އިސްކޮށް މަސައްކަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. އެކަމާ ގުޅޭ ގޮތުން މައުމޫންގެ ފެކްޝަންގެ މެމްބަރުންނާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެ އެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.