ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހޮސްޕިޓަލެއް ކައިރިއަށް އިޒްރޭލުން ހަމަލާދީ 28 މީހަކު ޝަހީދުކޮށްލައިފި ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހޮސްޕިޓަލެއް ކައިރިއަށް އިޒްރޭލުން ހަމަލާދީ 28 މީހަކު ޝަހީދުކޮށްލައިފި ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އަސްކަރީ ފުރިހަމަ ބާރާ އެކު ޣައްޒާއަށް ވަންނަން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފައި ވަނިކޮށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލް ކައިރިއަށް ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ.
މިފަަހަރު ވެސް އިޒްރޭލުން ބުނީ ހަމަލާ ދީފައިވަނީ ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް ކަމަށެވެ.
އޭއެފްޕީ ޓީވީގެ މަންޒަރުތަކުން ފެންނަ ގޮތުގައި މި ހަމަލާގައި،ހޮސްޕިޓަލްގެ ގޯތިތެރޭ ބޮޑު ވަޅުގަނޑެއް ހެދިފައި ވާއިރު ކައިރީގައި ހުރި ވެހިކަލްތަކަށް ވެސް ގެއްލުންތައް ވެފައިވެ އެވެ.
"ހޮސްޕިޓަލްގައި ތިބި އެންމެން ޒަހަމްވި، ބަލި މީހުންނަށް ވެސް އަނިޔާވި، މީހުން ބިރުން ރޮމުން ހަޅޭއްލަވަމުން ދުވަން ފެށީ ސަލާމަތްވާން. އެޑްމިޓްކޮށްފައި ތިބި ކުދިން ދަމާފައި ވެސް ގެންދާތީ ފެނުނު،" އެ ސަރަހައްދުގައި މަސައްކަތްކުރާ ފޮޓޯ ޖާނަލިސްޓަކު އޭއެފްޕީއަށް ބުންޏެވެ.
ހޮސްޕިޓަލް ކައިރިއަށް ދިން ހަމަލާގައި އުފެދުނު ވަޅުގަނޑެއްގެ ތެރެއަށް ބަހެއް ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ
މި ހަމަލާގެ ކުރިން އިޒްރޭލުން ވަނީ ޚާން ޔޫނިސްގައި ހުންނަ އައް ނާސިރު ހޮސްޕިޓަލަށް ވެސް ހަމަލާދީފަ އެވެ. އެ ހަމަލާ އަކީ އިޒްރޭލުން ބުނި ގޮތުގައި ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް ދިން ހަމަލާއެކެވެ.
އިޒްރޭލުން އަނެއްކާވެސް ހަމަލާތައް ވަރުގަދަކުރަމުން ދާއިރު ނަތަންޔާހޫ ބުނެފައިވަނީ ކުރިއަށް އޮތް "މަދު ދުވަސްކޮޅެއްގެ ތެރޭ" އޮޕަރޭޝަން ނިންމަން ހުރިހާ ބާރަކާ އެކު ޣައްޒާއަށް ވަންނަން ސިފައިން ތައްޔާރުވާ ކަމަށެވެ.
"[އޮޕަރޭޝަން] ފުރިހަމަކުރުމުގެ މާނަ އަކީ ހަމާސް ބަލިކުރުން. އޭގެ މާނަ އަކީ ހަމާސްގެ ދުވަސް ދުއްވާލުން،" ނަތަންޔާހޫ ބުނެފައިވެ އެވެ.
ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމަލާ ދިނުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި ހަމިހާތަނަށް ޣައްޒާއިން ގާތްގަނޑަކަށް 53،000 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިޒްރޭލުން 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި އެވެ. ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި އެ މުއްދަތުގައި ވެސް ވަނީ މަދުވެގެން 2،800 މީހަކު ޝަހީދުކޮށްލައިފަ އެވެ.
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން ހުއްޓުވާނެ