ފަލަސްތީނުގެ ޣައްޒާގައި މިއަދުވެސް އިޒްރޭލުގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި މިއަދުވެސް އިޒްރޭލުގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސް އަށް ފަތިހު ދިން ހަމަލާތަކުގައި 35 މީހަކު ޝަހީދުވި ކަމަށެވެ. އަދި އެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން 13 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން 12 ހަމަލާއެއްގައި އިތުރު 35 މީހަކު ޝަހީދުވި ކަމަށެވެ.
ބައްސާލް ވިދާޅުވި ގޮތުގައި ޣައްޒާގެ ދެކުނުގައި، ބޮޑު ބަޑީގެ ހަމަލާއެއްގައި އަންހެނަކު ޝަހީދުވި އިރު ބަޑީގެ ހަމަލާއެއްގައި ފިރިހެނަކު ޝަހީދުވި ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިޒްރޭލުން ވަނީ ޣައްޒާއަށް އަރައި އެތަން އެއްކޮށް ހިފައި ހަމާސް އެތަނުން ބޭރުކުރާނެ ކަމުގެ އިންޒާރެއް ދީފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އިއްޔެ ވެސް 80 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ޣައްޒާގައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް ހަމަލާތަކަށް މަޑުޖެހުން ނާންނާނެ ކަމަށާއި ހަމާސް ނައްތާލުމުގެ އޮޕަރޭޝަން ނިންމަން ހުރިހާ ބާރަކާ އެކު ޣައްޒާއަށް އަރާނެ ކަމަށެވެ.
ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމަލާ ދިނުމާ އެކު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި ހަމިހާތަނަށް ޣައްޒާއިން ގާތްގަނޑަކަށް 53،000 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިޒްރޭލުން 15 މަސް ދުވަސް ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލި އެވެ. ހަމާސް ޖަމާއަތާ އެކު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށައި އެ މުއްދަތުގައި ވެސް ވަނީ މަދުވެގެން 2،800 މީހަކު ޝަހީދުކޮށްލައިފަ އެވެ.
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން ހުއްޓުވާނެ