ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
29 ޖޫން 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ސިންގަޕޫރާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ މެދުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫތަކުގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.
ދަތުރާ އެކު، ރާއްޖެ-ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް
އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރަން އެމްއޯޔޫއެއް
ސިންގަޕޫރަކީ ނަމޫނާއެއް،ގުޅިގެން ކުރިއަށް ދާން ތައްޔާރު
ރާއްޖެ-ސިންގަޕޫރާ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކޮށްފި
ސިންގަޕޫރުން ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
ސިންގަޕޫރު ސަފީރަކަށް ލުވެއިޒު، ޖެނީވާ މިޝަނަށް ސަލްމާ
ރައީސް، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް