Roadha Mihaaru

ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

29 ޖޫން 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ.

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މިރޭ އެ ގައުމަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ޓަން ކިއަ ހޫގެ ދެކަނބަލުންނާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ލުވެއިޒުގެ ދެކަނބަލުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ސިންގަޕޫރުގައި. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ސިންގަޕޫރުގައި. -- ފޮޓޯ | ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

މީގެ އިތުރުން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.