ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އެތަނުން ކަރަންޓު ކެނޑިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.
18 އޯގަސްޓް 2025
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އެތަނުން ކަރަންޓު ކެނޑިގެން ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފްތާއަށް ދަންމާލަން މިދިޔަ ހަފްތާގައި ފާސްކުރުމަށް ފަހު މިއަދު ފެށި ޖަލްސާ މެދުކަނޑާލަން ޖެހުނީ ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވެ އެވެ.
ޖަލްސާ ފެށުމަށް ފަހު، ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމި އެވެ. ދެން ފެށީ އިންޝުއަރެންސް ބިލުގެ ބަހުސް އެވެ.
އެކަމަކު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވާހަކަ ނިންމަވައި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބަހުސް ފެއްޓެވިތަނާ މަޖިލީހުން ކަރަންޓު ކެނޑިގެން ޖަލްސާ ހުއްޓާލަން ޖެހުނީ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކަރަންޓު ކެނޑުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖަލްސާ މެދުކަނޑާލިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ ކަރަންޓު ލިބިއްޖެ ނަމަ 9:45 ގައި އަލުން ފަށާނެ ކަމަށެވެ. އެކަމަކު އެ ވަގުތު ފަހަނަޅައި ދިޔައިރު ވެސް މައްސަލަ ހައްލެއް ނުވެ އެވެ.
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އެއް ހަމަޔަކުން ހިދުމަތް ދޭން ލާޒިމްކުރަން ހުށަހަޅައިފި
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
މަޖިލީހުން ކަރަންޓު ކެނޑުމުން ޖަލްސާ ނިންމާލައިފި
ކަރަންޓު ބިލުތައް ބޮޑުވާތީ ކުއްލި މައްސަލައެއް
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި
ކުއްޔަށް އުޅޭ މީހުން ބިލަށް ޒިންމާކުރުވޭ ގޮތް ހަދައިފި
ކުއްޔަށް އުޅޭ މީހާގެ ނަމަށް ފެނާއި ކަރަންޓް ބިލްކުރަނީ
ޕީއެސްއެމްގެ ކަރަންޓު ބިލަށް 80 މިލިއަން ނުދައްކާ!