Roadha Mihaaru

އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސް

މި ސަރުކާރުގެ އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަމާޒަކީ މަސްވެރި އާއިލާތަކުގެ އާމްދަނީ އިތުރުކުރުން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 ޑިސެމްބަރ 2025

މި ސަރުކާރުގެ އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައިވާ ކަމަށާއި އަދި އެ މިއަދާ ހަމައަށް ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުން ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކޮށް ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާ އިތުރު ކުރުމާއެކު މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގަ އެވެ.