Roadha Mihaaru
އެމެރިކާ އިން އިރާގަށް އިތުރު ސިފައިން ފޮނުވަނީ

އެމެރިކާ އިން އިރާގަށް އިތުރު ސިފައިން ފޮނުވަނީ

30 މާޗް 2017

އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ދެ ގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ދެ ގައުމުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓާ ވިދާޅުވި ގޮތުގައި އެމެރިކާގެ އިތުރު 600 ސިފައިން ވަރަށް އަވަހަށް އިރާގަށް ދާނެ އެވެ. އިތުރު ސިފައިން އިރާގަށް މި ފޮނުވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށުން މޫސަލްގެ ހުޅަނގު ސަރަހައްދު މިނިވަން ކުރުމަށް އިރާގު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެ ދިނުމުގެ ގޮތުންނެވެ.

އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މޫސަލް ހިފީ ޖޫން 2014ގަ އެވެ. އިރާގުގެ އެކި ސަރަހައްދުތަކަށް ވެރިވެގަނެގެން ތިބި އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތީ މޫސަލް ހުޅަނގު ސަރަހައްދު އެކަންޏެވެ.

މޫސަލްގެ ހުޅަނގު ސަރަހައްދު ހިފުމުގެ ހަނގުރާމައިގައި ބައިވެރިވަމުން ދަނީ އިރާގު ސިފައިންނާއި އިރާގު ފުލުހުންގެ އިތުރުން ކުރުދީންގެ ޕެޝްމެރްގާ ހަނގުރާމަވެރިންނެވެ. އެ މީހުން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ ސިފައިން މައިގަނޑު ގޮތެއްގައި އެހީތެރިވެދެމުން އަންނަނީ، އައިއެސްގެ އަމާޒުތަކަށް ވައިގެ މަގުން ދޭ ހަމަލާތަކުންނެވެ.

އިތުރަށް ފޮނުވާ އެމެރިކާ ސިފައިން ގާއިމުވެ ތިބޭނީ މޫސަލްގެ ދެކުނުން 65 ކިލޯމީޓަރު ދުރުގައި އޮންނަ ގައްޔާރާގެ އަސްކަރީ މަރުކަޒުގަ އެވެ. އެ ސިފައިންގެ މައިގަނޑު މަސައްކަތަކަށް ވާނީ އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތަކަށް ބޭނުންވާ ސާމާނު އިރާގު ސިފައިންނާ ހަމައަށް ފޮނުވުމުގައި މަގު އަމާން ކޮށްދިނުމެވެ.