މިއަހަރުގެ އުރީދޫ ފަން ރަން 2025 ގައި "ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސް"ގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓެއް ފަންކިޓުގެ ތެރޭގައި އުރީދޫން ވަނީ ހިމަނާފަ އެވެ.
12 ނޮވެމްބަރ 2025
މިއަހަރުގެ އުރީދޫ ފަން ރަން 2025 ގައި "ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސް"ގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓެއް ފަންކިޓުގެ ތެރޭގައި އުރީދޫން ވަނީ ހިމަނާފަ އެވެ.
އުރީދޫން ބުނީ ފަންކިޓުތަކުގެ ތެރޭގައި ފޮރުވާފައިވާ އެ ޓިކެޓުތައް ލިބޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން އެ ކިޓުތަކުގައި 1 ގޯލްޑަން ސްވާލް ޓިކެޓާއި 5 ޕާޕަލް ޓިކެޓު އަދި 244 ސިލްވާ ޓިކެޓު ވަނީ ހިމަނާފަ އެވެ.
އެ ޓިކެޓުތަކުގެ ތެރެއިން ގޯލްޑެން ސްވާލް ޓިކެޓް ލިބޭ ފަރާތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެ އެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު 19އިން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން ލިބޭނެ އެވެ.
އެ ކިޓުތަކުގައި ހިމެނޭ ޕާޕަލް ޓިކެޓު ލިބޭ ފަރާތްތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ އެވެ. އަދި ސިލްވާ ޓިކެޓު ލިބޭ ފަރާތްތަކަށް އެތަނުގެ ބުއިންތަކުން ކޮންމެ ފަސް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
އުރީދޫ ފަން ރަންގައި ރަޖިސްޓްރީކޮށް، ފަން ރަން ކިޓުތައް މޫލީ މެދުވެރިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ލިބެން ހުންނާނެ އެވެ. ފަން ރަންގެ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ހުރެ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 110ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރު ބޮޑެތި ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.
ތޫފާނު އެރި ގައުމުތަކަށް އެމްފައިސާއިން ފައިސާ ފޮނުވޭނެ
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އުރީދޫ "ފަން ރަން" ކިޓުތަކުގެ ފްލޭޝް ސޭލެއް މިއަދު
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
"ގޫގުލް ދިވަރާ"އެކު ޑިޖިޓަލް ހަބަކަށް ހަދަން ތައްޔާރު
ފިންޓެކާ އެކު އިގްތިސާދީ ކުރިއެރުން ލިބޭނެ: ނިޔާޒް
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ