އުރީދޫ ފަން ރަންގެ ކިޓުތަކަށް ހާއްސަ ފްލޭޝް ސޭލެއް މިއަދު މެންދުރު 2:00 ގައި މޫލީގައި ކުރިއަށް ދާނެ އެވެ.
25 ނޮވެމްބަރ 2025
އުރީދޫ ފަން ރަންގެ ކިޓުތަކަށް ހާއްސަ ފްލޭޝް ސޭލެއް މިއަދު މެންދުރު 2:00 ގައި މޫލީގައި ކުރިއަށް ދާނެ އެވެ.
މި ސޭލް ކުރިއަށް ދާނީ ކިޓުތަކުގެ ސްޓޮކް ހުސްވަންދެންނެވެ. ފަން ރަންގެ ސްޓޭންޑަޑް ކިޓާއި ފަން ކިޓު ވެސް މި ފްލޭޝް ސޭލްގައި ލިބެން ހުންނާނެ އެވެ.
އުރީދޫ ފަން ރަންގެ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 110ރ. އެވެ. އަދި 210ރ. އަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫން މި ފްލޭޝް ސޭލް ހުޅުވާލީ ފަން ރަންގެ ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، ރަޖިސްޓްރީ ނުވެވި ތިބި ފަރާތްތަކަށް ދުވުމުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ދިނުމަށެވެ. އުރީދޫން ބުނީ މި ދުވުމަށް ލިބޭ ހޫނު ތަރުހީބާ އެކު، ދުވުމުގައި ބައިވެރިވުމުގެ އިތުރު ފުރުސަތަކަށް ގިނަ ބަޔަކު އެދެމުން ދިއުމާއި ގުޅިގެން ފަން ރަން ކިޓުތައް ގަތުމަށް މިއަދު އިތުރު ފުރުސަތެއް ދޭން ނިންމީ ކަމަށެވެ.
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރު ބޮޑެތި ރަށްރަށުގައި ވެސް އަންނަނީ ބާއްވަމުންނެވެ.
ތޫފާނު އެރި ގައުމުތަކަށް އެމްފައިސާއިން ފައިސާ ފޮނުވޭނެ
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
"ގޫގުލް ދިވަރާ"އެކު ޑިޖިޓަލް ހަބަކަށް ހަދަން ތައްޔާރު
ފިންޓެކާ އެކު އިގްތިސާދީ ކުރިއެރުން ލިބޭނެ: ނިޔާޒް
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ކޮށްގެން އިނާމުތަކެއް