އޭޝިއާ ސަރަހައްދަށް އައި ތޫފާނުގެ ސަބަބުން ގެއްލުންވި ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެ ކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ބުނެފި އެވެ.
04 ޑިސެމްބަރ 2025
އޭޝިއާ ސަރަހައްދަށް އައި ތޫފާނުގެ ސަބަބުން ގެއްލުންވި ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެ ކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ބުނެފި އެވެ.
އުރީދޫން ބުނީ މި މަސް ނިމެންދެން އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގައި ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ލަންކާ، އިންޑޮނީޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
އުރީދޫން ބުނީ މި މަހުގެ މުއްދަތަށް އިތުރު ޗާޖަކާ ނުލައި ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާ އެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (އައިއެމްއާރު) ހިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. މި ހިދުމަތަކީ މަނީގްރާމްއާ ޕާޓްނާވެގެން ދޭ ހިދުމަތެކެވެ. އެމް-ފައިސާއިން ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފާ ކުރެވޭނެ އެވެ.
ކަސްޓަމަރުން އެމް-ފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފާ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެ އެވެ. މި މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެ އަކީ މި ސަރަހައްދުގެ އަވަށްޓެރި ގައުމުތަކާ ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އަދި ރާއްޖެ އަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެއްގެ އިތުރުން ދިވެހި ގިނަ ބަޔަކު މި ސަރަހައްދުގެ އެކި ގައުމުތަކުގައި ދިރިއުޅެމުން ދާއިރު މިވަގުތަށް މިފަދަ ހިދުމަތަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ މިފަދަ ދަތި ވަގުތެެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީފޯރުކޮށްދޭނެ މަގެއް ކަމަށް ވިދާޅުވި އެވެ.
އެމް-ފައިސާ އަކީ އުރީދޫގެ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓެވެ.
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އުރީދޫ "ފަން ރަން" ކިޓުތަކުގެ ފްލޭޝް ސޭލެއް މިއަދު
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
"ގޫގުލް ދިވަރާ"އެކު ޑިޖިޓަލް ހަބަކަށް ހަދަން ތައްޔާރު
ފިންޓެކާ އެކު އިގްތިސާދީ ކުރިއެރުން ލިބޭނެ: ނިޔާޒް
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ
އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ކޮށްގެން އިނާމުތަކެއް