Roadha Mihaaru
ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލް ކުރެއްވީ ރައީސް ޔާމީން

ރައީސް ޔާމީން ފުލުހުންގެ ހިދުމަތަށް ގެންނެވީ ޕްރޮފެޝަނަލް ބަދަލުތަކެއް: މިނިސްޓަރު

30 މާޗް 2017

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެ މީހުންގެ ޖާނާއި ފުރާނަ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެ މީހުންގެ ޖާނާއި ފުރާނަ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ބަޔަކު ވަނީ ފުލުހުންގެ ބާރާއި އިއްޒަތާއި ކަރާމާތް ނަގާލަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައި ކަމަށެވެ.

"އެހެން ނަމަވެސް އޭރު ވެސް ދިވެހި ފުލުހުން ގެންދިޔައީ ނަމޫނާ ދައްކައި ދިވެހި ރައްޔިތުންނަށް ސާބިތުކަމާއެކު ހިދުމަތް ކުރައްވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ފުލުހުންގެ ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ފުލުހުންގެ ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް

އަޒްލީން ވިދާޅުވީ ރައީސް ޔާމީން ނޮވެމްބަރު 17، 2013 ގައި ވެރިކަމަށް ވަޑައިގަތުމާ ހަމައިން ފުލުހުންގެ ހިދުމަތް ވަނީ ވަރަށް ބޮޑަށް ބަދަލު ކުރެވިފައި ކަމަށެވެ.

"އެ ހިދުމަތަށް ގެނެވިފައި ވަނީ ވަރަށް ވެސް ޕްރޮފެޝަނަލް، ވަރަށް ވެސް ބޭނުންތެރި ބަދަލުތަކެއް. އަދި ހަމައެއާއެކު ފުލުހުންނަށް ވެސް ޝަރަފުވެރިކަމާ އެކު އަމާންކަމާ އެކު، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުކަން ލިބިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ތަރައްގީ އާއި ކުރިއެރުމަށް ޒަމާނީ ވަސީލަތްތައް ފަހި ކޮށްދެވިފައިވާ ކަމަށެވެ.

"އެހެންކަމުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ނަމުގައި ރައީސް ޔާމީނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ފުލުހުން.---ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ފުލުހުން.---ފޮޓޯ: ރައީސް އޮފީސް

އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދުތަކާއި އެ މަނިކުފާނު ހުޅުއްވައި ދެއްވި ދޮރުތަކާ އެކު، ފުލުހުންގެ މުއައްސަސާއަކީ އިހުތިރާމު ލިބިފައިވާ ގަދަރުވެރި މުއައްސަސާއަކަށް ހެދުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތަކަކީ ދިވެހި ކޮންމެ ރައްޔިތަކު ފަހުރުވެރި ވާނެ ކަމެއް ކަމަށެވެ.

"އެ މަސައްކަތުގެ ނަތީޖާ އެންމެ ގާތުން ދެކޭ މީހެއްގެ ހައިސިއްޔަތުން އެ ބޭފުޅުންނަށް އަދި އެންމެހައި ފުލުހުންނަށް އިހުތިރާމާއި ލޯތްބާ އެކު ޝުކުރު ދަންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ވެސް ބޮޑު އުފަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް މީގެ 84 އަހަރު ކުރިން ފަށާފައި ވިޔަސް، ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ.