Roadha Mihaaru
"ކިޔެވި އެއްޗެއް ފުލުހުން އަމަލީގޮތުން ދައްކަން ވާނެ"

ކިޔެވި އެއްޗެއްގެ ބޭނުން އަމަލީ ގޮތުން ފުލުހުން ދައްކަން ޖެހޭނެ: އަޒްލީން

03 މެއި 2018

ފުލުހެއްގެ ޔުނިފޯމްގައި ހުރެ ޑިގްރީއެއް ހާސިލް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ކިޔެވި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އަމަލީ މައިދާނުގައި ނަމޫނާ ފުލުހެއްކަން ދައްކުވައި ދޭން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުލުހެއްގެ ޔުނިފޯމްގައި ހުރެ ޑިގްރީއެއް ހާސިލް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ކިޔެވި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އަމަލީ މައިދާނުގައި ނަމޫނާ ފުލުހެއްކަން ދައްކުވައި ދޭން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހިންގި ދެ ކޯހެއްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ އުނގެނުމަކީ ކުރިން އެ މީހަކު ހުރި ހަރުފަތުން އެހެން ހަރުފަތަކަށް ގެންގޮސްދޭ ކަމެއް ކަމަށެވެ.

އެހެންވެ، ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކުރި ފުލުހުންގެ ފަރާތުން އެ ތަފާތު ފެންނަން ޖެހޭނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

މިރޭ ނިމުން ފާހަގަ ކުރި ދެ ކޯހަކީ އައިލްސް އާއި އޮސްޓްރޭލިއާގެ ވެސްޓަން ޔުނިވާސިޓީ އޮފް ސިޑްނީއާ ގުޅިގެން 2015-2017 އަށް ކުރިއަށް ގެންދިޔަ ބެޗެލާސް ޑިގްރީ އޮން ސައެންސް އެންޑް ސެކިއުރިޓީ ލޯ އެންފޯސްމަންޓް ކޯހާއި ޑިޕްލޮމާ އިން ޕޮލިސިން ކޯހެވެ. މި ދެ ކޯހުން 63 ދަރިވަރަކު ދަސްވެނިވިފައި ވެ އެވެ.

ޑިގްރީ ފޯސް ފުރިހަމަ ކުރި ފުލުހުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަޒްލީން ވިދާޅުވީ ޑިގްރީއެއް ހާސިލް ކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ފުލުހުންގެ އައިލްސް އިން ގްރެޖުއޭޓް ވި ބައެއް ދަރިވަރުން މިރޭގެ ރަސްމިއްޔާތުގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުހުންގެ އައިލްސް އިން ގްރެޖުއޭޓް ވި ބައެއް ދަރިވަރުން މިރޭގެ ރަސްމިއްޔާތުގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޔުނިފޯމްގައި، ފުލުހުންގެ ޒިންމާތައް އަދާކުރަމުން، ޑިގްރީއެއް ހާސިލް ކުރުމަކީ ވަރަށް ނަސީބު ގަދަ ކަމެއް ކަމަށެވެ. އަދި މި ކާމިޔާބީތައް ކުރިމަގުގައި ފުލުހުން ތަކުރާރު ކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިގްރީއަކާ އެކު ޚިދުމަތުގެ ތެރެއަށް ފުލުހުން ރުޖޫއަވާ އިރު، ފުލުހުންގެ ޚިދުމަތް ދިނުމުގައި ވެސް ތަފާތުތަކެއް ފެންނަން ޖެހޭނެ އެވެ.

އެގޮތުން ރީތިކޮށް މުއާމަލާތް ކުރުމާއި ބިރެއް، ފަސްޖެހުމެއް ނެތި ހިތްވަރާއި އަޒުމާ އެކު ސާބިތުކަން ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ކަމަކަށް ވާއިރު، މަސައްކަތް ކުރަން ޖެހޭނީ ނަޒާހަތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހޯމް މިނިސްޓަރު އަޒްލީން މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މިއީ އަޅުގަނޑު މި ދަންނަވާ ބަދަލުތަކަކީ. ޑިގްރީއެއް އޮތުމަކީ އަމިއްލަ އަށް ވެސް ލިބޭ ބޮޑު ޝަރަފެއް. ޑިގްރީއަކާ އެކު ތިޔަ ބޭފުޅުން ޚިދުމަތަށް ނުކުމެވަޑައިގެން މަސައްކަތް ކުރައްވާ އިރު، ކޯހުން ދަސްވި އެއްޗެހިން ތަފާތު ދައްކުވައި ދޭން ވާނެ. ތަފާތު ފެންނަން ވެސް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ކުރިން އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހުރި ގޮތާއި ކަންކަން ހިނގަމުން ދިޔަ ގޮތާ މިއަދު ވަރަށް ތަފާތު. އެހެންވީމާ މިހާރު ގޮންޖެހުންތަކާ ވެސް ކެރިގެން ކުރިމަތިލައިގެން ފުލުހުންގެ ޚިދުމަތް ދިނުމުގައި ސާބިތުވެ ތިބެން ޖެހޭނީ."

އަޒްލީން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާ އަކީ އަބަދު ވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެމިއޮންނާނެ ތަނަކަށް ވާތީ، ފުލުހުންގެ ކުރިއެރުމާއި ތަރައްގީ އަށް އެ މުއައްސަސާ އިން މަސައްކަތް ކުރާނެ އެވެ.

ފުލުހުންގެ އައިލްސް އިން ގްރެޖުއޭޓް ވި ދަރިވަރަކަށް، އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް މިރޭ ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުހުންގެ އައިލްސް އިން ގްރެޖުއޭޓް ވި ދަރިވަރަކަށް، އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް މިރޭ ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެގޮތުން 2006 ގައި ވުޖޫދަށް އައި ފުލުހުންގެ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސެންޓަރަކީ މިއަދު ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގާ އިންސްޓިޓިއުޓަކަށް ވުމަކީ ފުލުހުންގެ ތަރައްގީ އަށް މަސައްކަތް ކުރެވޭ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2014 އުފެއްދި އައިލްސް އިން އަންނަނީ ފުލުހުންނާއި ތަންފީޒީ އިދާރާތަކާ ގުޅުން ހުރި ކޯސްތައް ހިންގަމުންނެވެ.