ރާއްޖޭގެ ވޮލީބޯޅަ ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި ނެތީ ރަނގަޅު ރޭވުންތެރިކަމެއް ކަމަށް ކިރްގިސްތާން ޓީމުގެ ކެޕްޓަން އަދި އެ ގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކިލިޗް ސަރްބަގިޝިއެވް ބުނެފި އެވެ.
31 މާޗް 2017
ރާއްޖޭގެ ވޮލީބޯޅަ ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި ނެތީ ރަނގަޅު ރޭވުންތެރިކަމެއް ކަމަށް ކިރްގިސްތާން ޓީމުގެ ކެޕްޓަން އަދި އެ ގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކިލިޗް ސަރްބަގިޝިއެވް ބުނެފި އެވެ.
ކިރްގިސްތާން ވަނީ ތުރުކުމެނިސްތާންގެ މައްޗަށް ކުރި ހޯދައި މާލޭގައި ކުރިއަަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިއްޔެ ހޯދައިފަ އެވެ.
ހަތަރު ޓީމު ވާދަކުރި މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. ތިން މެޗަށް ބަލާއިރު ވެސް ރާއްޖެ ފެށީ ރަނގަޅަށެވެ. އެެހެން ނަމަވެސް މެޗުތަކުން ބަލިވީ ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެންނެވެ.
ސަރްބަގިޝިއެވް ބުނީ ސަރަހައްދުގެ އެހެން ގައުމީ ޓީމުތަކާ ވާދަކުރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިން ރާއްޖެ ޓީމުގައި ވެސް އެބަތިބި ކަމަށެވެ.
"އަހަރެމެންނަށް ފެނުނު ރާާއްޖެ ޓީމުގެ ނަންބަރު 9، 11 އަދި 12 (ކުޑަކާއްޓޭ، ނިލާމް، ހުޒާމް) މި ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުންތެރިން. ހަމަ ސަރަހައްދުގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިން މިއީ. ތަފާތު ވެސް ދައްކާނެ ކުޅުންތެރިން،" ސަރްބަގިޝިއެވް ބުންޏެވެ.
ކިރްގިސްތާނުގެ ކެޕްޓަން ކިލިޗް ސަރްބަގިޝިއެވް ނޫސްވެރިންނާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ ރާއްޖޭގެ ޓީމަށް ބޭނުންވަނީ ރަނގަޅު ރޭވުންތެރިކަމެއް ކަމަށެވެ.
"މެޗުތައް ރާއްޖޭގެ އަތުން ގެއްލެނީ ރޭވުމުގައި ހުރި މައްސަލަތަކުގެ ސަބަބުން. ކުޅުންތެރިން ކުރާ މަސައްކަތް އެނގޭ. އެ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރަން އެބަޖެހޭ ރަނގަޅަށް ކިޔައިދީ މެޗަށް ތައްޔާރުކުރަން. މިކަން ހައްލުވެއްޖެނަމަ ރާއްޖެ ވަރަށް ކުރިއަށްދާނެ،" ސަރްބަގިޝިއެވް ބުންޏެވެ.
ކިރްގިސްތާނަކީ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ރަނަރަޕެވެ. އެ މުބާރާތުގެ ފައިނަލުން ކިރްގިސްތާން ބަލިވީ ބަންގްލަދޭޝް އަތުންނެވެ. އެ މެޗުގެ ދެ ސެޓު ކުޅުން ނިމިފައިވަނިކޮށް ކިރްގިސްތާން މެޗު ދޫކޮށްލީ ޓީމުގެ ދެ ކުޅުންތެރިއަކަށް އަނިޔާވެގެން މެޗު ކުރިއަށް ނުގެންދެވިގެންނެވެ.
ބަންގްލަދޭޝް މުބާރާތުގައި ވެސް ކިރްގިސްތާން ވަނީ ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. އަދި މާލޭގައި އޮތް މުބާރާތުގައި ވެސް ކިރްގިސްތާން މޮޅުވީ އެ ނަތީޖާ އިންނެވެ.
ވަރުގަދަކޮށް ފެށި ރާއްޖެ ހިތްދަތި ގޮތަކަށް ބަލިވެއްޖެ
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
17 އަހަރުގެ މާއިޝް، ޝާމިލް، ނާފިއު ސީނިއާ ޓީމަށް
ބޭނުންވަނީ ރާއްޖެ ބަލިކުރަން: ކިރްގިސްތާން ކޯޗު
"އިތުބާރު އެބައޮތް، މި ޓީމަށް މަދުވަނީ މެޑެއްޔެއް"
ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ
ސެންޓްރަލް ޒޯން ޓީމުތައް އަންނަނީ ކުރިއަރަމުން: ކޯޗު
ތަޖުރިބާ ހޯދައިދީގެން ޓީމު ރަނގަޅުކުރެވޭނެ: ކޯޗު
ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި
ފުރަތަމަ މެޗުން ބަލިވެ ރާއްޖެ އުނދަގޫ ހާލަތަކަށް