ސިޔާސީ ގޮތުން އަންހެނުންގެ ބައިވެރުވުން އިތުރު ކުރުމަށް އަންހެނުންގެ ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
29 އެޕްރީލް 2025
ސިޔާސީ ގޮތުން އަންހެނުންގެ ބައިވެރުވުން އިތުރު ކުރުމަށް އަންހެނުންގެ ކޮމިޓީތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށް ބާއްވާ "އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ.
އެކި ރަށްރަށުގައި ހިންގަން ޖެހޭ ޕްރޮގްރާމްތައް ތަފާތުކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްތައް ހިންގުމުގައި އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ އެއް ބަޔަކީ ރަށްރަށުގެ އަންހެނުން ކޮމިޓީތައް ކަމަށެވެ.
"އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެއީ އަންހެނުން ކޮމިޓީތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެފަދަ ކޮމިޓީތަކުން އަންހެނުންގެ ބާރުވެރިކަމާއި ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ހަމަ އެކަނި ވަކި ފިކުރަކަށް ނުވަތަ ތިމާމެން ނިސްބަތްވާ ޕާޓީއަކަށް ނަޒަރު ހިންގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމީ ވިސްނުމަކުން މީހުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މުހިންމުކަން އަދި އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާންވީ ކިހިނެތްކަން އަދި ބައިވެރި ވުމުގެ މުހިންމުކަން ވިސްނައިދޭންވީ ކިހިނެތްކަން އެ ސަގާފަތް އަޅުގަނޑުމެންގެ ތެރޭގައި އެބަ އަށަގަންނަވަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުން އަރައިގަތުމަށްޓަކައި ހޭލުންތެރު ކުރުމަށް ވެސް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާގެ ވާހަކައިގައި ވިދާޅުވި އެވެ.
"އަންހެނުންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެ ސައްލާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.
އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިންތިޒާމުކޮށް ބާއްވާ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
އެ ސައްލާގައި މާލެ އަތޮޅާއި ހއ، ހދ، އަދި ށ އަތޮޅާއި އދ، ޅ، މ އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެމްބަރުން ބައިވެރިވެ އެވެ.
ސްޓެލްކޯގެ އިލެކްޓްރީޝަން ކޯސް ނިންމާލައިފި
ގައުމެއް ބިނާކުރުމުގެ އަސްލަކީ އަންހެނުން: ފަސްޓް ލޭޑީ
އުފާ މިންކުރަން ހެޕިނަސް އިންޑެކްސް އިފްތިތާހުކޮށްފި
ފުލުހުން ތެރޭގައި އަންހެނުން އިސްވުން މުހިންމު: ސާޖިދާ
އަނިޔާއަކީ އާދައިގެ ކަމަކަށް ހެދުން ބަލައެއްނުގަނެވޭނެ
އަންހެނުން ބާރުވެރިކުރުވުމުގެ ނަތީޖާ އެބަ ފެނޭ: މިނިސްޓަރު
15 މީހަކަށް ރެހެންދި އެވޯޑު ދީފި
އަންނަ ރޯދަމަހު ވެސް ސަރުކާރުން މަސްދަޅު ބަހަނީ
މަޝްރޫއުތައް މޮނިޓާ ކުރަން "ރަށުކޮމިޓީ"ތަކެއް
ގައްލައިދޫ، ކޮމަންޑުއާ ހަވާލުކޮށްފި