ސްރީ ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި ފަސް ގަޑިއިރު ތެރޭ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ލިބިއްޖެ އެވެ.
30 ނޮވެމްބަރ 2025
ސްރީ ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި ފަސް ގަޑިއިރު ތެރޭ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ލިބިއްޖެ އެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމިން ރަޝީދު "މިހާރު" އަށް ވިދާޅުވީ މެންދުރު ދޭއް ޖެހުމާ ހަމަައަށް 8,13,590ރ. އާއި 11،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ. އެންމެ ގިނައިން ޑޮލަރު ހަދިޔާކުރީ ރާއްޖޭގައި އެންމެ މުއްސަނދި އެއް ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިންނެވެ. އެއީ 10،001 ޑޮލަރެވެ.
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.
ޔާމީން ވިދާޅުވީ ފަންޑު ފޮށިތައް ގުނަން ފަށާނީ މިރޭ ދަންވަރު 12 ޖެހުމުން ކަމަށެވެ. ނަމަވެސް ދަންވަރު ޖެހުމާހަމައަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.
ޕީއެސްއެމުން އެ ޓެލެތޯން ބާއްވަން ނިންމީ ލަންކާ އަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ، އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާތީ ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމުގެ ގޮތުންނެވެ.
ލަންކާ އަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 159 އަށް އަރައިފަ އެވެ. ހާލަތު ގޯސްވެ އިއްޔެ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ދިވެހިންގެ ފަރާތުން ލަންކާއަށް 11 މިލިއަން ރުފިޔާ
ލަންކާ އަށް އެހީވާން ޓެލެތޯނެއް ބާއްވަނީ
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ޕީއެންސީން ލަންކާއަށް 300،000.ރ ހަދިޔާކޮށްފި
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ޗަމްޕާ ރިސޯޓްސް އިން ލަންކާ އަށް 10،001 ޑޮލަރު
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"