ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން "ދީތުވާ" ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
29 ނޮވެމްބަރ 2025
ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން "ދީތުވާ" ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
އެ ޓެލެތޯން ކުރިއަށް ގެންދަން ޕީއެސްއެމުން ނިންމާފައި ވަނީ މާދަމާގެ ހެނދުނު ނުވަޔަކުން މާދަމާ ރޭގެ މެންދަމު އެކެއް ޖަހަންދެންނެވެ.
ޕީއެސްއެމުން މިއަދު ބުނީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ އަދި އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާއިރު އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ މީޑިއާ ތަކަށާއި ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކާއި އޮފީސްތަކަށް ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ލަންކާ އަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަން ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމައިފި އެވެ.
ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ.
"ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ފަސް ގަޑިއިރުން ޓެލެތޯން އަށް 9 ލައްކަ ރުފިޔާ
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ދިވެހިންގެ ފަރާތުން ލަންކާއަށް 11 މިލިއަން ރުފިޔާ
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ޕީއެންސީން ލަންކާއަށް 300،000.ރ ހަދިޔާކޮށްފި
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"