Roadha Mihaaru
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ

ސުޕާރީ ޕެކެޓް މިހާރު ވެސް މަނާ، ފަސްކުރީ ސްޓައިރަފޯމާއި ތައްޔާރީ ބުއިންތައް ހުންނަ ފުޅި އެތެރެކުރެވޭ ތާރީޚު

01 ޖޫން 2021

އެއްފަހަރު ބޭނުން ކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މަނާކުރާ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު ފަސްކުރަން ނިންމައި މިއަދު ގެޒެޓްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއްފަހަރު ބޭނުން ކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މަނާކުރާ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު ފަސްކުރަން ނިންމައި މިއަދު ގެޒެޓްކޮށްފި އެވެ.

ތާރީހު ފަސްކޮށްފައި ވަނީ މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން، ކުރިން މަނާކޮށްފައިވާ ސްޓައިރަފޯމާއި 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތަކެވެ.

ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަން އިއުލާންކުރި ތާރީޚުތަކަށް ބަދަލު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިގްސާދު މަޑުޖެހުމަކަށް އައިސްފައިވާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާތީ އެކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ.

ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ރާއްޖެ އެތެރެކުރުން މާނާކުރާ އާ ތާރީޚެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ޑިސެމްބަރު 31، 2021 އެވެ. ސްޓައިރަފޯމް އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކާބޯތަކެތި ބަންދުކުރުމަށް ވަރަށް ގިނައިން ރާއްޖޭގައި ބޭނުންކުރާ އެއްޗެކެވެ.

ގެޒެޓްކުރި އާ އިގުރާރުގައި ވަނީ ކުރިން އެއް ބާވަތެއްގެ ގޮތުގައި މަނާކުރަން ކަނޑައަޅާފައިވާ އޮތް ބާވަތެއް ވަކިކޮށް، ދޭއްޗެއްގެ ގޮތުގައި، މަނާކުރާ ތާރީޚަށް ބަދަލު ގެނެސްފަ އެވެ. އެއީ ރާއްޖެ އެތެރެކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ލުއިބުއިމެވެ. މީގެ ތެރެއިން 500 މިލިލީޓަރަށް ވުރެ ކުދި ފެން ފުޅި މިއަދުން ފެށިގެން މަނާ ވާނެ އެވެ. އަދި 500 މިލިލީޓަރަށް ވުރެ ކުދި ލުއިބުއިން ހުންނަ ފުޅި މަނާ ވަނީ ޖޫން، 1، 2022 ގަ އެވެ.

މިއަދުން ފެށިގެން މަނާވާނެ އެއްޗެހި.

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.

2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.

3- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.

4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.

5- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.

6- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.

7- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން.

8- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެ އެތެރެކުރުން މަނާވާނެ ބައެއް ތަކެތި.-- ފައިލް ފޮޓޯ / މިހާރު

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެ އެތެރެކުރުން މަނާވާނެ ބައެއް ތަކެތި.-- ފައިލް ފޮޓޯ / މިހާރު

މާނަކުރާ ތާރީޚު ފަސްކުރި އެއްޗެހި.

1- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި. (މަނާވާނީ ޑިސެމްބަރު 31، 2021 ގެ ފަހުން)

2- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ލުއި ބުއިން. (މަނާވާނީ ޖޫން 1، 2022 ގެ ފަހުން)

ކުރިއަށް އޮތް ތަނުގައި މަނާވާނެ އިތުރު ތަކެތި.

1- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (މަނާވާނީ 1 ޑިސެމްބަރު 2022 ގެ ފަހުން)

2- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022 ގެ ފަހުން)

3- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން. (ރާއްޖެ އެތެރެެކުރުން މަނާވާނީ ޑިސެމްބަރު 1، 2023 ގެ ފަހުން)

Plastic madhukuraa iru Dhivehin dhookollan jeheyne echchehi

Plastic madhukuraa iru Dhivehin dhookollan jeheyne echchehi

The most trusted news source in the Maldives

Mihaaru

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.

މަނާކުރި ތާރީޚުގެ ކުރިން ބޯޓަށް އެރުވި ސާމާނު އެތެރެކުރެވޭނެ

ކަސްޓަމްސްގެ އިދާރާ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއް މި ތާރީޚުގެ ކުރިން ރާއްޖެ ގެންނަން ހުއްދަ ހޯދާފައިވާ ނަމަ، އެ މުދަލެއް އެތެރެ ކުރުމުގެ ހުއްދަ އަދިވެސް ދޭނެ ކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ.