މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑްކޮށްފި އެވެ.
07 ޑިސެމްބަރ 2025
މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަލީ މަނިކު، 43، ސ. ހިތަދޫ / އަސަރީވިލާ އެވެ.
ފުލުހުން ބުނީ އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު އިއްޔެއިން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުށުގެ ތުހުމަތަށް އަލީ މަނިކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.
އެ އަމުރުގައިވާ ބުނެފައިވާ ގޮތުގައި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އަލީ މަނިކު ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް ދަށްވަމުން ދިއުމުން ބަންދުގެ މުއްދަތު އިތުރުކުރީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ. އެހެންވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިކުރަން ގާޒީ ވަނީ އަންގަވައިފަ އެވެ.
އެ އަމުރުގައި މި ފުލުހުން މީހާ މިހާރު އުޅޭ އެޑްރެހެއް ކަމަށް ވެސް އޮތީ ފުލުހުންގެ މަރުކަޒު އިސްކަންދަރުކޮށި 20 އެވެ. އަދި އޭނާ ހައްޔަރުކުރީ ހަމަނުޖެހުން ހިންގި ސެލޫނުން ކަމަށް ވެސް ބުނެފައިވެ އެވެ.
މާރާމާރީ ހިންގި ފުލުސް މީހާއަށް ނުނިދި އެތައް ދުވަހެއް
މަންދީއަށް ހަމަލާދިން މީހާ އެހެން ކުށްތަކެއްގައިިި ޖަލަށް
އަދަބަށްވުރެ ބަންދު އިތުރުވެދާނެތީ މީހަކު ދޫކޮށްލައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
އެއާޕޯޓްގައި މާރާމާރީ ހިންގި މީހާއަށް ޖޫރިމަނާގެ އަދަބު
ދަތް އަޅައިގެން އިނގިލި ބުރިކޮށްލި މީހަކު ބަންދަށް
ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހަ މީހަކު ބަންދަށް
އަންހެނަކަށް އަނިޔާކުރި މައްސަލަ: ބަންދަށް 10 ދުވަސް