އަދަބަށްވުރެ، ބަންދުގެ މުއްދަތު އިތުރުވާތީ، މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެއް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
30 މާޗް 2025
އަދަބަށްވުރެ، ބަންދުގެ މުއްދަތު އިތުރުވާތީ، މާރާމާރީ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެއް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ، އިބްރާހިމް އިހުސާނު ނެރުއްވި އަމުރުގައިވާ ގޮތުން، ހައްޔަރުކޮށްފައި ހުރި މީހާ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގުމަށް އެކަށީގެން ސަބަބެއް ދައުލަތަށް ދެއްކިފައި ނުވުމުގެ އިތުރުން، އޭނާގެ މައްޗަށް ކުށް ސާބިތުވިޔަސް އަންނާނެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުންނަން ޖެހިދާނެތީ އެ މީހާ ދޫކޮށްލީ، ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ގަބޫލުކުރެވޭތީ އެވެ.
އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެ ޝަރީއަތް ކުރިއަށް ގެންދަނީ 29 އަހަރުގެ ފިރިހެނެކެވެ. އޭނާ މިހާރު ވެސް ފުލުހުންގެ ބަންދުގައި ދެ މަސް ވަނީ ހޭދަކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓަށް ދައުވާ ހުށަހަޅާފައިވާ މައްސަލައެއްގައި އެކަށީގެންވާ ހެކި ހުރެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުގެ ބަދަލުގައި 15 ދުވަހަށް ބަންދުކުރުމަށް ޕީޖީ އޮފީހުން ހުށަހެޅި މައްސަލަ އެ އިދާރާއިން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
އަދި ޕީޖީ އޮފީހުން ބުނެފައިވަނީ އެ އިދާރާގެ ވިސްނުމަކީ ކޮންމެ 15 ދުވަހަކުން މުއްދަތު އިތުރު ކުރުން ކަމަށްވާ އިރު އެކަން އެގޮތަށް ކޮށްފި ނަމަ، ހުކުމުގެ މުއްދަތަށްވުރެ ބަންދުގައި ހުންނަން ޖެހޭ މުއްދަތު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"ދައުލަތުގެ ބޭނުމަކީ މީނާގެ މައްޗަށް އަންނަ އަދަބުގެ މުއްދަތު ހަމަވުމުން މީނާ ދޫކޮށްލުން ކަމުގައިވާ ނަމަ މިއީ ވަރަށް ބޭއިންސާފު ނިންމުމެއް،" ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހާ ވަނީ އިބްތިދާއީ އަޑުއެހުމުގައި އެ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ މައްސަލައަށް އިއުތުރާފުވުމުން އޭނާގެ ހުކުމަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ރައުދު ދޫކޮށްލީ ހުކުމަށްވުރެ ބަންދު އިތުރުވެދާނެތީ
ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ނިޝާން އާއި ފަޒްލޫންގެ ޝަރީއަތް މަޑުޖައްސާލައިފި
އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ސާބިތެއްނުވި
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި