އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ އިންތިހާބުކޮށްފި އެވެ.
08 ޑިސެމްބަރ 2025
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ އިންތިހާބުކޮށްފި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބުކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިދިޔަ މަހުގެ 30 ގައި ވެސް ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް އެ ޖަލްސާ ހޫނުވެގެން މެދުކަނޑާލާފައި ވާތީ މިރޭ ބޭއްވީ އެ ހިސާބުން ފަށައިގެންނެވެ. އެ ދުވަހުގެ ރޭގެ ޖަލްސާ މެދުކަނޑާލިއިރު، ނަން ހުށަހަޅައި ތާއީދު ލިބިފައި އޮތީ ދެ ދެބޭފުޅަކަށެވެ. އެއީ ޣަފޫރާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދެވެ.
ޖަލްސާ މެދުކަނޑާލި ފަހުން ވަހީދު އޭނާގެ ނަން ނަގާފައި ވާތީ މިރޭ ވޯޓަށް އެހީ ޣަފޫރުގެ ނަމަށް އެކަންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
ޣަފޫރު ވަގޫތީ ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގެން މިރޭގެ ޖަލްސާގައި ފުރަތަމަ އޮތީ އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ބަހުސެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ ބޭފުޅުން ޣަފޫރަށް މަރުހަބާ ވިދާޅުވެ، އޭނާއަށް އޮތް އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެެއާޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް ވިދާޅުވީ ވަގުތީ ޗެއާޕާސަންގެ ގޮތުގައި ޣަފޫރު ކުރައްވާ މަސައްކަތްތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެެވެ.
"އަޅުގަނޑުމެންގެ މި އުނދަގޫ ދަނޑިވަޅުގައި ޗެއާޕާސަންގެ މަގާމާ ހަވާލުވެދެއްވީތީވެ އަޅުގަނޑުމެންގެ ޖީއެމްގެ [ގައުމީ މަޖިލީހުގެ] މެންބަރުންގެ ނަމުގައި ޝުކުރު ދަންނަވަން. އަދި މި ފުރުސަތުގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު މަނިކުފާނުގެ މަސައްކަތަށް ލިބޭނެކަމުގެ ޔަގީންކަން ވެސް އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.
މިތިބީ ވަކި ލީޑަރެއްގެ ފަހަތަކު ނޫން: ޣަފޫރު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވާ ވޯޓު ހޯމަ ދުވަހު
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
ޗެއާޕާސަންގެ ޒިންމާ ހަވާލުކުރާނެ ބޭފުޅަކު ކަނޑައަޅަނީ
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި