އުރީދޫ ފަންރަން މިޔުޒިކް ޝޯ މި އަހަރު ވެސް ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.
09 ޑިސެމްބަރ 2025
އުރީދޫ ފަންރަން މިޔުޒިކް ޝޯ މި އަހަރު ވެސް ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.
އުރީދޫން މި މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ފަންރަންއާ ގުޅުވައި މި ޝޯ ބާއްވަނީ 18 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯ އެރޭ 12 ޖަހަންދެން ކުރިއަށް ދާނެ އެވެ.
ފަންރަންގެ ފޯރި އިތުރުކުރުމުގެ ގޮތުން ބާއްވާ މި ޝޯގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމްކުރަން ވަނީ ހަމަޖެހިފަ އެވެ. އުރީދޫން ބުނީ މި މިޔުޒިކް ޝޯ އަކީ ފަންރަންގެ ފޯރި އިތުރުކޮށް، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހޯދައިދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދިނުމެވެ. މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ހުރަސްކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ފަން ރަން މިއުޒިކް ޝޯގައި ޓްރެފިކް ޖޭމް ޕާފޯމްކުރަނީ
ތޫފާނު އެރި ގައުމުތަކަށް އެމްފައިސާއިން ފައިސާ ފޮނުވޭނެ
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އުރީދޫ "ފަން ރަން" ކިޓުތަކުގެ ފްލޭޝް ސޭލެއް މިއަދު
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
"ގޫގުލް ދިވަރާ"އެކު ޑިޖިޓަލް ހަބަކަށް ހަދަން ތައްޔާރު
ފިންޓެކާ އެކު އިގްތިސާދީ ކުރިއެރުން ލިބޭނެ: ނިޔާޒް