20 ނޮވެމްބަރ 2022
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން ފެން ހިންދަން މަގުމަތީގައި ހޮޅި އެޅުމާއި މަގުތަކުގެ ޕާކިން ޖާގަތައް ބްލޮކުވާ ގޮތަށް ޕެލެޓް ބެހެއްޓުން އަނެއްކާވެސް އިތުރުވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނުން ފެން ހިންދަން މަގުމަތީގައި ހޮޅި އެޅުމާއި މަގުތަކުގެ ޕާކިން ޖާގަތައް ބްލޮކުވާ ގޮތަށް ޕެލެޓް ބެހެއްޓުން އަނެއްކާވެސް އިތުރުވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މާލޭގައި އުސްކޮށް އިމާރާތްކުރާ ތަންތަނުގެ ފައުންޑޭޝަން އަޅަން ކޮނުމަށް ފަހު، ބިމުން ނަގާ ފެން، މޫދަށް ބޭރުކުރަނީ މަގުމަތީގައި އަޅާފައި ހުންނަ މި ހޮޅިތަކުންނެވެ. އެއިން ބައެއް ހޮޅިތައް މަގުތަކުގެ ޕޭވްމަންޓުތައް މަތީގައި އަޅާފައިވާއިރު ހިނގައި އުޅެން ވެސް އުނދަގުލެވެ. އަދި ބައެއް މަގުތަކުގެ ޕާކިން ޖާގައަށް ވެސް އަރާގޮތަށް ހޮޅިތައް އަޅާފައިވެ އެވެ.
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނަކުން ފެން ހިންދަން އަމީރުއަހްމަދު މަގުގައި ހޮޅި އަޅައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަގުމަތީގަ އާއި ޕޭވްމަންޓް މަތީގައި ހޮޅި އަޅާ މައްސަލަ ބޮޑުވެ، މީގެ ކުރިން އާންމުންގެ ޝަކުވާ ބޮޑުވުމުން ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ހޮޅި ނާޅައި މަސައްކަތް ކުރެވޭނެ ނިޒާމެއް ހަދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ކޮށްފައެއް ނުވާއިރު، އެ މަސައްކަތް އޮތް ހިސާބެއް ވެސް ސާފުވާ ގޮތެއް ނުވި އެވެ.
މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކުން ފެންނަ ގޮތުގައި މާލޭގެ މަގެއްމަތީގައި ހޮޅި އަޅާފައި އޮތީ ގެއަކަށް ވަންނަން ސިޓީ ކައުންސިލުން ހަދައިދީފައި އޮތް ރޭމްޕެއްގެ މަތިންނެވެ. އެ މައްސަލާގައި ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ އަށް ވެސް އާންމުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
Holhi Aslam pic.twitter.com/DjFKpUfJyp
— ރުކުމާ (@RukumaA) November 14, 2022
މަގުތަކުގައި ހޮޅި އެޅުން އާންމުވާ މައްސަލާގައި މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ފަރާތްތަކުން އެ މަސައްކަތް ކުރަނީ ހުއްދަ ހޯދައިގެން ކަމަށެވެ. ހުއްދަ ނެތި އެކަން ކުރާ ނަމަ ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.
"ހޮޅި އަޅައިގެން އެ މަސައްކަތް ކުރުމަކީ އީޕީއޭ އާއި ސަރުކާރުން ހުއްދަކުރާ ހަމައެކަނި ގޮތަކީ. އެހެންވެ އެކަން އެގޮތަށް ކުރިއަށް ދަނީ. ސަރުކާރުން ނިންމާފައި އޮތް ގޮތެއް ވީމާ ސިޓީ ކައުންސިލުން އެކަމަށް ހުއްދަދެމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގެ ގަރާޖެއްގެ ކުރިމަތީގައި ޕެލެޓުތައް ބަހައްޓާފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޕެލެޓްތަކުގެ މައްސަލާގައި އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް މަގުތަކުގައި ބަހައްޓާ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ އެންމެ ބޮޑުވިއިރު، މި އަހަރު މާޗު މަހުގައި މާލޭގެ މަގުތަކުން 1،300 އަށް ވުރެ ގިނަ ޕެލެޓް ނަގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަގުތަކުގައި ޕެލެޓް ބަހައްޓާ މައްސަލަ ހައްލުކުރަން، ކުލި ދައްކާ އުސޫލުން ލައިން ކުރަހައިދޭން ވެސް ސިޓީ ކައުންސިލުން ނިންމައި، އެކަމަށް ހުޅުވާ ވެސް ލި އެވެ. ނަމަވެސް، ވަކި ހިސާބަކުން އެ މަސައްކަތް ވެސް މަޑުޖެހުނީ އެވެ.
މީހެއްގެ ފުރާނަ ދަންދެން މިހެން ތިބެންވީތަ؟
ޝަކުވާ ބޮޑަސް މަގުތައް ދެން ބަންދުކުރާނީ ދުވާލު
ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ
ހުރަވީ ބިލްޑިންގްގެ ޝީޓުން ބައެއް ވެއްޓިއްޖެ
ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ކިތައްމެ ތަނެއް!
ދައުލަތުން ޝާކިރަށް 300،000ރ ދޭން ޖެހިއްޖެ
ހަތަރު ނަންބަރު ޖެޓީ މަރާމާތު ކުރަނީ
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!