މާލޭގެ މަގުތަކުގެ ޓްރެފިކަށް އިންތިހާ އަށް ބާރުބޮޑުވެ، އާންމުންގެ ޝަކުވާތައް ބޮޑުވިޔަސް ރޭގަނޑުގެ ވަގުތުތަކުގައި މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައި ހަމަ އެކަނި ދުވާލުގެ ވަގުތުތަކުގައި އެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
11 ޖެނުއަރީ 2021
މާލޭގެ މަގުތަކުގެ ޓްރެފިކަށް އިންތިހާ އަށް ބާރުބޮޑުވެ، އާންމުންގެ ޝަކުވާތައް ބޮޑުވިޔަސް ރޭގަނޑުގެ ވަގުތުތަކުގައި މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދިނުން ހުއްޓާލައި ހަމަ އެކަނި ދުވާލުގެ ވަގުތުތަކުގައި އެ ހުއްދަ ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ޝީޓު އެޅުން ފަދަ މަސައްކަތް ކުރަން މަގު ބަންދުކުރަން މީގެ ކުރިން ހުއްދަ ދެނީ ރޭގަނޑުގެ ވަގުތުތަކަށެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން މާލެ ސަރަހައްދުގައި އިއުލާނުކުރި ކާފިއުގެ ސަބަބުން ރޭގަނޑު ބޭރުގައި އުޅުން މަނާވާތީ ދުވާލު ހުއްދަ ދޭން ފެށި އެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ މި ބަދަލު ދަމަހައްޓަން ނިންމައިފަ އެވެ.
ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ލުއިތަކުގައި މިހާރު ވަނީ ކާފިއު އުވާލައިފަ އެވެ.
މާލޭ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު "މިހާރު" އަށް މިއަދު ވިދާޅުވީ ދުވާލު މަގު ބަންދުކުރާތީ ޓެކްސީ ޑްރައިވަރުންނާއި ވިޔަފާރިވެރިންނާއި އާންމުންގެ ޝަކުވާތައް ލިބެން ފެށުމުން، ކުރިން ވެސް އޮތް ގޮތަށް މިކަން ބަދަލުކުރުމަށް ކައުންސިލްގެ ބޯޑަށް މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު ހުށަހެޅި ކަމަށެވެ. އެކަމަކު ބޯޑުން ނިންމީ މިހާރު ވެސް އޮތް ގޮތަށް، ދުވާލު މަގު ބަންދުކުރުމަށް ހުއްދަ ދޭށެވެ.
"ރޭގަނޑު ދަންވަރު މަގުތައް ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތްކުރުމުން، އަޑު ގަދަވުމުން ނިދަން އުނދަގުވާނެތީ ކަމަށް ބުނެ ކައުންސިލްގެ ބޯޑުން އެ ހުށަހެޅުން ރިޖެކްޓްކުރީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދުވާލު ގަޑީގައި މަގުތައް ބަންދުކުރުމުން މާލޭގެ މަގުތަކަށް ބާރު ބޮޑުވެ އެވެ. އަދި އިއްޔެ ސްކޫލްތައް ދެ ވަނަ ޓާމަށް ހުޅުވުމާ އެކު އިތުރަށް ބާރު ބޮޑުވި އެވެ.
Traffic floor ah visnaalumeh nethi hama eh lama eh nethi @MaleCitymv in dhanee magu bandhu kuran huhddha dhemun . @SifaMohammed @AmnaShath @PoliceMv @M_Hameedh https://t.co/vQtbq71UU7
— AHMED REEHAN®️ (@reekhan999) January 9, 2021
މާލޭގެ މަގުތައް ދުވާލު ވަގުތު ބަންދުކުރުމުން ކުދާ
"މިކަމާ ގުޅިގެން އެތައް ބައެއްގެ ޝަކުވާތައް ލިބޭތީ ކުރިން ވެސް ކަންތައް ކުރަމުން އައި ގޮތަށް ބަދަލުކުރަން އެދުނީ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް މީހުން އަންނަނީ އަޑު އުފުލަމުން،" ޒަމީރު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ދުވާލު މަގުތައް ބަންދުކުރާތީ އެކަމުން ދިމާވާ ދަތިކަމުގެ ވާހަކަ ދައްކަމުންނެވެ. އަދި ސްކޫލްތައް ހުޅުވުމުން އެކަމަށް ވެސް ބެލުމެއް ނެތި، މަގުތައް ބަންދުކުރާތީ ވަނީ ޝަކުވާ ބޮޑުވެފަ އެވެ.
މާލޭގެ ގޭގޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށްޓަކައި ދުވާލު ގަޑިތަކުގައި ހުއްދަ ދިނުމުން އެކި ސަރަހައްދުތަކުގެ ޓްރެފިކަށް ބާރު ބޮޑުވެ، އާންމުންނަށް މިހާރު ވަނީ ބޮޑު ތަކުލީފަކަށް ވެފަ އެވެ.
އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގެ ގަނބައިގެންފި
އަނެއްކާވެސް ޕެލެޓާއި ހޮޅިތަކުން މަގުތައް ފުރެނީ
އަމީނީ މަގުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް
ފަނޑިޔާރުމަގުގައި ދެން ދުއްވޭނީ އެއްކޮޅަށް
އީދުގެ ފުރަތަމަ ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
މީހެއްގެ ފުރާނަ ދަންދެން މިހެން ތިބެންވީތަ؟
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި
ދުވާލު މަގު ބަންދު ނުކުރެވޭ ގޮތަށް ހަމަޖައްސައިފި
މާލޭގެ އެންމެ ބޮޑު ޕާކިން ޒޯން ދަރުމަވަންތަ ބިމުގައި
ކޮންކްރީޓްގަނޑަކުން ޖެހި ގެއެއްގެ ފާރު ހަލާކުވެއްޖެ