05 އެޕްރީލް 2017
ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ސިންގަޅަ ފިލްމް "ކައުޝި" ގެ ފުރަތަމަ ޓީޒާ ދައްކާލައިލި އެވެ.
ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ސިންގަޅަ ފިލްމް "ކައުޝި" ގެ ފުރަތަމަ ޓީޒާ ދައްކާލައިލި އެވެ.
ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މުޅިން ވެސް ލަންކާގެ އެކްޓަރުން ބޭނުންކޮށްގެން، ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.
"ކައުޝި" ގެ ފުރަތަމަ ޓީޒާ އިން މިއީ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. މި ފިލްމަކީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރީހީމް ނިފާރު (ތިއްތި) ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.
ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި މިހާރު އޮތް މި ފިލްމް ރިލީޒް ކުރާނެ ދުވަހެއް އަދި ނުނިންމަ އެވެ.
ސީޒަން ކުރިން ބުނީ މުހައްމަދު ޝިވާޒް (މާސްކޭ) ކެމެރާކޮށް، އަލީ މުސްތޮފާ (ސެމީ) އެޑިޓްކޮށްފައިވާ ފިލްމް ނިންމާފައި، ލަންކާގެ ޑިސްޓްރިބިއުޓަރަކަށް ވިއްކާލުމާ ދޭތެރޭ ވެސް ވިސްނަމުން އަންނަ ކަމަށެވެ.
ސީޒަން ބުނީ "ކައުޝި" އަކީ އޭނާ ޑައިރެކްޓް ކުރި ފިލްމަކަށް ވިޔަސް، މި ފިލްމް ރާއްޖޭގައި ރިލީޒް ކުރުމާ ދޭތެރޭ ވެސް ގޮތެއް ނުނިންމާ ކަމަށެވެ.
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި
ސީޒަންގެ "ކައުޝި" އިން ޕޯސްޓަރެއް
ސީޒަންގެ ސިންގަޅަ ފިލްމު ނިންމުމުގެ މަގުމަތީގައި
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ލަންކާގާއި
"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ލަންކާ އަށް
ސީޒަންގެ "ސޯލް" ގެ ޓީޒާ ދައްކާލައިފި
"ނޯޓީ 40" ލަންކާގައި އަޅުވަނީ
ސީޒަން ލަންކާގައި އުޅުނަސް، ފިލްމުތަކުން ނުގެއްލޭނެ