Roadha Mihaaru
ކެމިކަލް ހަމަލާއަށް ފަހު އދ.ގެ ކުއްލި ބައްދަލުވުމެއް

ސީރިއާ އަށް ދިން ކެމިކަލް ހަމަލާއާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް

05 އެޕްރީލް 2017

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 5) - ސީރިއާ އަށް ދިން ކެމިކަލް ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 5) - ސީރިއާ އަށް ދިން ކެމިކަލް ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ހނަގުރާމަވެރިން ހިމެނޭ ސަރަހައްދަށް ދިން ހަމަލާ ބައިނަލްއަގުވާމީ ގޮތުން ދަނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. އެމެރިކާ އާއި ދުނިޔޭގެ އެހެން ބާރުގަދަ ގައުމުތަކުން މި ހަމަލާގެ ޒިންމާ އަޅުވަނީ ސީރިއާ ސަރުކާރުގެ ބޮލުގަ އެވެ. އެކަމަކު ކެމިކަލް ހަމަލާއެއް ނުދޭ ކަމަށް ދިމިޝްގުން ބުނެ އެވެ.

ސީރިއާ އަށް ދިން ހަމަލާއާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހުށަހަޅާފައި ވަނީ ފްރާންސް އިންނެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ އިނގިރޭސި ސަފީރު މެތިއު ރައިކްރޮފްޓް ވިދާޅުވީ މިއީ ސީރިއާގެ ސުލްހަ އަށް ވަރަށް ގޯސް ޚަބަރެއް ކަމަށެވެ.

ސީރިއާގައި ދިން ކެމިކަލް ހަމަލާ އަށް ފަހު މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

ސީރިއާގައި ދިން ކެމިކަލް ހަމަލާ އަށް ފަހު މީހަކަށް ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ

"މިއީ ހިންގި ހަނގުރާމައިގެ ޖަރީމާއެއް. ސަލާމަތީ މަޖިލީހުގައި މީގެ ކުރިން ސީރިއާ ދިފާއު ކުރި ގައުމުތަކުގެ ވިސްނުން ބަދަލު ކުރުމަށް ގޮވާލަން،" ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައިކްރޮފްޓް ވިދާޅުވި އެވެ.

ހަމަލާ ދިން ތަނުން ނަގާފައިވާ މަންޒަރުތަކުން ގިނަ ބަޔަކު ކޮށި އަރާ އަދި އަނގައިން ފޮނުއަރާތައް ފެނެ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ. އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ކެމިކަލް ހަމަލާގައި 58 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަމަލާގައި ބޭނުންކޮށްފައި ވަނީ ކޮން ބާވަތެއްގެ ކެމިކަލް އެޖެންޓެއް ކަމެއް ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮގތުގައި އެއީ ނާވް އެޖެންޓެއް ކަމަށްވާ ސަރިން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.