Roadha Mihaaru
ސީރިއާ އަށް ހަމަލާ ދިނުމަކީ ނޯތު ކޮރެއާ އަށް ދިން އިންޒާރެއް

ސީރިއާ އަށް ދިން ހަމަލާ އަކީ ނޯތު ކޮރެއާ އަށް އިންޒާރެއް: އެމެރިކާ

10 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 10) - ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުުގައި ސީރިއާ އަށް ދިން މިސައިލް ހަމަލާ އަކީ ނޯތު ކޮރެއާ އާއި އެހެން ގައުމުތަކަށް ދިން އިންޒާރުގެ މެސެޖެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 10) - ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ ތުހުމަތުުގައި ސީރިއާ އަށް ދިން މިސައިލް ހަމަލާ އަކީ ނޯތު ކޮރެއާ އާއި އެހެން ގައުމުތަކަށް ދިން އިންޒާރުގެ މެސެޖެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަނަވަރުތައް ކޮރެއާ ޕެނިންސުލާ އަށް މިސްރާބު ޖަހާފައިވާ އިރު ޓިލަސަން ވިދާޅުވީ ނޯތު ކޮރެއާގެ ނިއުކްލިއާ މައްސަލަ ސަމާލު ކަމަށް ގެނައުމަށް ޗައިނާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފްލޮރިޑާގައި ބައްދަލު ކުރައްވައިފަ އެވެ.

އޭބީސީގެ "ދިސް ވީކް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވީ ހުކުރު ދުވަހު ސީރިއާ އަށް ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވާ ކޮންމެ ގައުމަކަށް އެމެރިކާ އިން ދިން އިންޒާރުގެ މެސެޖެއް ކަމަށެވެ.

"ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފުވެ، އެހެން ގައުމުތަކަށް ނުރައްކަލަކަށް ވަންޏާ އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" ޓިލަސަން ވިދާޅުވި އެވެ. "ނޯތު ކޮރެއާ މައްސަލައިގައި އަޅާނެ ފިޔަވަޅު ވަރަށް ސާފު. އެއީ ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ހެދުން."

މި އަހަރު ފެށުނު ފަހުން ނޯތު ކޮރެއާ އި ވަނީ ފަސް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އަދި އެ ގައުމުން ވަރުގަދަ ނިއުކްލިއާ ޓެސްޓަކަށް ތައްޔާރުވަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.