Roadha Mihaaru
ބޯންމެރޯ ހެދި ކުދިންގެ ރިވިއު ހެދުމަށް ބޭރަށް ފޮނުވަނީ

ބޯންމެރޯ ހެދި ކުދިންގެ އިތުރު ފަރުވާގެ ޚަރަދު ޒަކާތު ފަންޑުން ދެނީ

16 ޖޫން 2016

ޒަކާތު ފަންޑު މެދުވެރިކޮށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ކުދިންގެ ރިވިއު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަ އެ ފަންޑު މެދުވެރިކޮށް ހަމަޖެއްސުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޒަކާތު ފަންޑު މެދުވެރިކޮށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ކުދިންގެ ރިވިއު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަ އެ ފަންޑު މެދުވެރިކޮށް ހަމަޖެއްސުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ތެލަސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަހު ރާއްޖެ އައިސް މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ބެލުމުގެ ދަށުން އެއް އަހަރު ދުވަހު ފަރުވާ ކުރަން ޖެހެ އެވެ. އަދި އެކުދިން އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކައި ރިވިއު ހެދުމަށް އެ ގައުމަށް ދާން ޖެހެ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފައިވާ ގޮތަށް ދައުލަތުގެ ހަރަދުގައި ތެލަސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަހު އެކުދިން އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކާ ރިވިއު ހެދުމަށް ޑިސްޗާޖް ސަމަރީގައި އެދިފައިވާ ކަމަށެވެ.

އެހެންކަމުން މި ރިވިއު ހެދުމަށް މިކުދިން ފޮނުވުމުގެ އިންތިޒާމް ޒަކާތު ފަންޑުގެ ދަށުން ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

އެ އޮފީހުން ބުނި ގޮތުގައި ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދި ޖުމްލަ 18 ކުދިންގެ ތެރެއިން 12 ކުދިން ވަނީ ތެލަސީމިއާ ބަލިން މުޅިން ސަލާމަތްވެފަ އެވެ.

ޒަކާތު ފަންޑުގެ ދަށުން ތެލެސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އާންމުކޮށް ދަނީ އިންޑިއާއަށެވެ. އެކަމަށް 35،000 ޑޮލަރު ހަރަދުވެ އެވެ. އަދި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަހު ތިން މަސް ދުވަސް ވަންދެން އެ ކުދިން އެ ގައުމުގައި ތިބެން ޖެހެ އެވެ.