Roadha Mihaaru
ސަޗިންގެ "އަ ބިލިއަން ޑްރީމްސް" ގެ ޓްރެއިލާ ނެރެފި

ކްރިކެޓް ތަރި ސަޗިންގެ "އަ ބިލިއަން ޑްރީމްސް" ގެ ޓްރެއިލާ ނެރެފި

16 އެޕްރީލް 2017

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސަޗިން ޓެންޑުލް ކަރްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމު "އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ސަޗިން ޓެންޑުލް ކަރްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމު "އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ސަޗިންގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ބައޮގްރަފިކަލް ޑޮކިއުމަންޓްރީ "ސަޗިން: އަ ބިލިއަން ޑްރީމްސް" އަންނަ މަހުގެ 26 ގައި ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ.

ޖޭމްސް އަސްކިން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމަންޓްރީގައި ސަޗިންއާ އެކު، އަންހެނުން އަންޖަލީ ޓެންޑްކަރް، ކްރިކެޓް ކުޅުންތެރިޔާ ވިރެންދަރް ސެއުވާގް އާއި ކްރިކެޓް ކުޅުންތެރިޔާ މަހިންދްރަ ސިންގް ދޯނީ (އެމްއެސް ދޯނީ) ފަދަ ފަންނާނުން ފެނިގެން ދާނެ އެވެ.

"ސަޗިން: އަ ބިލިއަން ޑްރީމްސް" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނެވެ.

މި ޑޮކިއުމަންޓްރީގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ސަޗިން ބުނީ އޭނާހެ ހަޔާތުގެ ދަތުރުގެ ވަރަށް ގިނަ ވާހަކަތައް މިއިން ދައްކުވައި ދޭނެ ކަމަށެވެ. އަދި 24 އަހަރުގެ ކެރިއަރުގައި އޭނާ އަށް ލޯބި ދިން އެންމެންނަށް ސަޗިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ހަޔާތުގައި އަހަރެން ހާސިލް ކުރަން ބޭނުންވިހާ ވެސް ކަމަކީ އިންޑިއާ ފަހުރުވެރިވާ ވަރުގެ ކްރިކެޓް ކުޅުންތެރިއަކަށްވެ، ވޯލްޑް ކަޕް ކާމިޔާބު ކުރުން،" އޭނާ ބުންޏެވެ. "އެކަން ކުރެވުނީ އިންޑިއާގެ ރައްޔިތުންގެ ތަރުހީބާއި ލޯތްބާ އެކު. އަހަރެން ދެކެ ލޯބިވާ ހުރިހާ އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރަން."