24 އެޕްރީލް 2017
މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު، ރަހުމް ކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހަބަރު އިވުމުން ބިރުން ގައިން ހީބިހި ނެގި އެވެ. ރޭގަނޑު ދަންވަރު ގެ އަށް ވަންނަނިކޮށް އަނިޔާވެރި ގޮތަކަށް އޭނާ މަރާލަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. ސުވާލަކީ ސަލާމަތާއި ރައްކާތެރިކަން އޮތީ ކާކަށް ހެއްޔެވެ؟ މި ސުވާލު އެންމެން ވެސް ދަނީ އުފައްދަމުންނެވެ.
މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދު، ރަހުމް ކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހަބަރު އިވުމުން ބިރުން ގައިން ހީބިހި ނެގި އެވެ. ރޭގަނޑު ދަންވަރު ގެ އަށް ވަންނަނިކޮށް އަނިޔާވެރި ގޮތަކަށް އޭނާ މަރާލަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. ސުވާލަކީ ސަލާމަތާއި ރައްކާތެރިކަން އޮތީ ކާކަށް ހެއްޔެވެ؟ މި ސުވާލު އެންމެން ވެސް ދަނީ އުފައްދަމުންނެވެ.
ޔާމީންގެ މަރަށް ފަހު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ މެދު ގިނަ ބަޔަކު ދަނީ އެކި ފޯރަމްތަކުގައި ސުވާލު އުފައްދަމުންނެވެ. އެއް ބަޔަކު ބުނަނީ ފުލުހުން ފެއިލްވެއްޖެ ކަމަށެވެ. އޭނާ މަރާލާނެ ކަމުގެ އިންޒާރު ދިނުމުން ފުލުހުންނަށް އެ މައްސަލަ އެތައް ފަހަރަކު ހުށަހެޅި ކަމަށް އޭނާ ޓުވީޓްކޮށްފައި އެބަހުއްޓެވެ. އެކަމަށް ފުލުހުން އަޅާ ނުލާ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ފުލުހުން އެކަމަށް އެއްބަހެއް ނުވެ އެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ ޔާމީން ހުށަހެޅި މައްސަލަތަކާ ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެންމެ ފަހުން ހުށަހެޅި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާ ސުވާލުކޮށް ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ރަޝީދު
"ފުލުހުން ކުރަމުން ދިޔަ މަސައްކަތްތައް ޔާމީނަށް އަޕްޑޭޓް ވެސް ދެމުން އައީ،" ޝިފާން ވިދާޅުވި އެވެ. ޔާމީނަށް އިންޒާރު ދޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ސުވާލުކުރި މީހުން ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ.
ޔާމީން މަރާލާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދިން އިރު އެކަމާ "އަޅާނުލި އިރު" އެފަދަ އެހެން އިންޒާރުގެ މައްސަލަތައް ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކޮށްފައިވާކަން އެނގެ އެވެ. އެ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ މީހަކު ހައްޔަރުކޮށް އޭނާ ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަޝްރަފް (ޝުމްބާގޮންގް) ބަންދު ކޮށްފައި ބަހައްޓާފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ (ޝައްމޫން ޖަލީލު) ލޫކަސް ޖަލީލަށް ވެސް ތަކުރާރުކޮށް މަރުގެ އިންޒާރު އެތައް ފަހަރަކު ދީގެން ފުލުހުންނަށް ހުށަހެޅުމުން ވެސް ވީގޮތެއް ނޭނގެ އެވެ. އެކަމަކު އެންމެ ފަހުން ޓްވީޓްކޮށްގެން ހައްޔަރުކޮށް 45 ދުވަހު ބަންދުގައި ބެހެއްޓީ ލޫކަސް އެވެ.
މީހެއްގެ ފުރާނެ އެ ދުއްވާލީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ޔާމީނަށް ދީފައިވާ ހަމަލާ އަށް ބަލާއިރު އެއީ އެންމެ މީހަކު ކޮށްފައިވާ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އޭނާ އަށް އެ ހަމަލާ ދިން މީހުން ހޯދެން ވާނެ އެވެ. އޭނާގެ މަރަށް ފަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ. އެ މިންވަރުން ނުފުދޭކަން ސޯޝަލް މީޑީއާގައި ގާނޫނީ ވަކީލުންނާއި އާއްމުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބެލުމުން އެނގެ އެވެ.
ޔާމީންގެ މަރާ އެކު ފުލުހުން ނެރުނު ބަޔާނާ ގުޅިގެން އާއްމުން ކެކިގަތެވެ. އެއް ބަޔަކު ބުނީ އެފަދަ ހަމަލާތައް ދީ މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުން ނުވަނީ އެ ބަޔަކު ހޯދަން ފުލުހުންނަށް ފަސޭހަ ކަމަކަށް ނުވާތީ ކަމަށެވެ.
"ޔާމީނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން ދިޔަ އިރު ފުލުހުން އަޅައެެއްނުލާ. އެކަމަކު އޭނާ މަރާލީމަ ތިމަންނަމެންގެ އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ތަހުގީގުކުރާނެ ކަމަށް ބުންޏަސް އިތުބާރެއް ނުކުރެވޭ. ފުލުހުން ދުވަނީ ހަމައެކަނި ސިޔާސީ މީހުން ފަހާ. ގަތުލު ކުރަމުންދާ މުޖުރިމުން ނުހޯދޭ،" ފުލުހުންގެ ބަޔާނަށް ރައްދުދެމުން ޓްވިޓާގައި އާއްމުންގެ މީހަކު ބުނެފައިވެ އެވެ.
ހައިކޯޓުގައި އޮތް މައްސަލައަކަށްފަހު ގާނޫނީ ވަކީލު ސުއޫދު (މ) އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް ވަނީ ޕޮލިސް ކޮމިޝަނަރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. ޔާމީން ކުރިން ކޮށްފައިވާ ޓްވީޓަކާ އެކު ސުއޫދު ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ކޮމިޝަނަރަކީ މޮނިއުމެންޓެއް ކަމަށް ވެސް ސުއޫދު ބުނެފައިވެ އެވެ.
ސުއޫދު ވިދާޅުވެފައި ވަނީ ޔާމީނަށް ދިން މަރުގެ އިންޒާރުދިންކަން ރިޕޯޓްކުރި ކަމަށެވެ. އެކަމަކު އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފުލުހުން ވަނީ ފެއިލްވެފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މިއަދު އޭނާ އެވަނީ މަރާލާފައި. މިކަމުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަން ޖެހޭނެ،" ސުއޫދު ވިދާޅުވެފައިވެ އެވެ.
ޔާމީން ވަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން އޭނާ އަށް މަރުގެ އިންޒާރު ދިން މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފަ އެވެ. އޭނާ ކޮށްފައިވާ ޓްވީޓްތަކުގައި އެކަމަށް ފުލުހުން އަޅާނުލާ ކަމަށް އެތައް ފަހަރަކު ބުނެފައިވެ އެވެ. އަދި ދައްކާފައިވާ ޓެކްސް ފައިސާ އަނބުރާ ދިނުމަށް ވެސް ހިތްހަމަނުޖެހިގެން ބުނެފައިވެ އެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން މަރާލިއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ކުރީގެ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނުތާ ތިން އަހަރުވާން އަންނަ އިރު، އެކަމުގެ ހަގީގަތެއް ފުލުހުންނަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއަދު ޔާމީން މަރާލުމާ ގުޅިގެން އެތައް ބަޔަކު ބުނެފައި ވަނީ ރިލުވާނަށް ވީގޮތެއް ނުހޯދުނު ބަޔަކަށް މިހާރު އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.
"ރިލުވާން ގެއްލުމުން އެކަން ބަލައިދިނުމަށް މި ގައުމުގައި ޓަކި ނުޖަހާ އެންމެ މުއައްސަސާއެއް ވެސް ނެތް. އެކަމަކު މިހާތަނަށް އައިއިރު އޭނާ އަށް ވީގޮތެއް އެނގޭ އެއްވެސް ބަޔަކު ނެތް. ފުލުހުންނަކަށް ވެސް ނޭނގެ. މިއީ އަޖައިބެއް ކަހަލަ ގައުމެއް،" ހިތްހަމަނުޖެހިފައި ހުރި އާއްމުންގެ މީހަކު ބުނެފައިވެ އެވެ.
އަނިޔާވެރި ގޮތްގޮތަށް މީހުން މަރަމުންދާތީ އާއްމުންގެ ގިނަ ބަޔަކު ވަނީ ބިރުން ހަދާނެ ގޮތް ހުސްވެފަ އެވެ. މާލޭގެ އެކި ސަރަހައްދުގައި ފުލުހުންގެ ކެމެރާތަކާއި އާއްމުންގެ ކެމެރާތައް ހަރުކޮށްފައި ހުރި ނަމަވެސް އެ އަށް ވެސް ފިލައިގެން މީހުން ހިންގާ ޖަރީމާތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ޖަރީމާތައް ހުއްޓުވުމަށް ފުލުހުން ނުކުޅެދިފައިވާ ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ.
ޔާމީން މަރާލާފައި އޮތްވައި ފެނުނު ގެކައިރީގައި ފުލުހުން އިއްޔެ ފޯރިމަރަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މާލެ އާއި އަތޮޅުތަކުގައި ހިންގާފައިވާ މަރުގެ ބޮޑެތި ގިނަ މައްސަލަތަކުގެ އަސްލު ހަގީގަތް ހޯދިފައެއްނުވެ އެވެ. ތުހުމަތަށް އެތައް ބަޔަކު ހައްޔަރުކުރި ނަމަވެސް ހެއްކެއް ނެތް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ. އެކަމުގެ ހަގީގަތެއް ވެސް ނޭނގެ އެވެ. ހެކި ހުރި ނަމަވެސް ގަސްދުގައި ހެކި ނެތް ކަމަށް ނިންމަނީ ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
ޔާމީން މަރާލިތާ އެއް ދުވަސް ވީއިރު މިހާތަނަށް ތަހުގީގަށް ބަޔަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ. އަދި އެކަމަކު ތުހުމަތުކުރަނީ ކޮން ބަޔަކަށް ކަމެއް ވެސް ނޭނގެ އެވެ.
އިޖުތިމާއީ، ސިޔާސީ ދާއިރާގެ އިތުރުން ދީނީ ހައްދުފަހަނައެޅުމާ ދެކޮޅަށް ލިޔަމުން ދިޔަ ލިޔުންތެރިޔާ މަރާލުމުން ގިނަ ބަޔަކު ތިބީ އަދިވެސް ޝޮކެއްގަ އެވެ. ގަބޫލުކުރަން ދަތިވެފަ އެވެ. އެ މަރުގެ ހަގީގަތް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގާތިލުން ގެނެވޭނެތޯ ނުވަތަ ނޫންތޯ މިއީ އާންމުންގެ މެދުގައި އޮތް ސުވާލެވެ.
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ
ޔާމީން ރަޝީދުގެ މަރު: ހުކުމް އަންނަ މަހު އިއްވަނީ
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"
ޔާމީންގެ ފަހު ވަގުތުކޮޅު، 10 ސިކުންތުގެ ވީޑިއޯއަކުން
ދައުވާލިބޭ ދެ މީހަކު ޔާމީންގެ ގެއިން ނުކުތްތަން ފެނުނު
"ޔާމީންގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި"
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!
ޔާމީންގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި