24 އެޕްރީލް 2017
ޖަޕާން ސަރުކާރުން ރާއްޖެ އަށް 9.3 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.
ޖަޕާން ސަރުކާރުން ރާއްޖެ އަށް 9.3 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.
އެހީ ހަވާލުކުރަން ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ޖަޕާނުން ދިން ސާމާނު ބޭނުންކުރާނީ އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ކަމަށެވެ.
"މިތަކެތީގެ ބޮޑު ބައެއް މިހާރު ލިބިފައި ހުރީ. އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.
ޖަޕާން ސަރުކާރުގެ މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ އެވެ.
ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަޕާނުން ދިން ސާމާނުގެ ތެރޭގައި މޮބައިލް އެކްސް ރޭ މެޝިނާއި މޮބައިލް ވެންޓިލޭޓަރާއި ޑެންޓަލް ދާއިރާއާ ގުޅޭ ބައެއް އެއްޗެހި ހިމެނެ އެވެ.
"ޖަޕާން ސަރުކާރުގެ ފަރާތުން މި ލިބޭ އެހީ އަޅުގަނޑުމެން ބޭނުންކުރަނީ އަތޮޅުތެރޭގެ ސިއްހީ ނިޒާމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ދާއިރާތައް ހަރުދަނާ ކުރުމަށް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސާމާނާ އެކު ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ.
ޖަޕާން ސަރުކާރުން 2012 ގައި 7.7 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ރާއްޖެ އަށް ދިނެވެ. އަދި މި އަހަރުގެ ފަހު ކޮޅު ވެސް، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޖަޕާނުން އެހީ ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި
ޖަޕާނުން ރާއްޖެ އަށް 46 މިލިއަން ރުފިޔާ ދީފި
ޖޫންމަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބޭނެ: ނަސީމް
ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް ދީފި
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި
ބޭނުންވާ ތަކެތި އެބަހުރި، ދަތިކަމެއް ނެތް: ނަރުދޫ
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް