Roadha Mihaaru
ކްރިމިނަލް އިންވެސްޓިގޭޝަންގެ ދެ ވެރިޔަކު ބަދަލުކުރަނީ

ކްރިމިނަލް އިންވެސްޓިގޭޝަންގެ އިސް ދެ އޮފިސަރަކު އެހެން ތަނަކަށް ބަދަލުކުރަނީ

25 އެޕްރީލް 2017

ޖިނާއީ ބޮޑެތި ތަހުގީގުތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ފުލުހުންގެ ދެ އޮފިސަރަކު ޒިންމާ ބަދަލުކޮށް އެހެން ދެ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސަން އުޅޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ބޮޑެތި ތަހުގީގުތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ފުލުހުންގެ ދެ އޮފިސަރަކު ޒިންމާ ބަދަލުކޮށް އެހެން ދެ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސަން އުޅޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒް ބަދަލުކުރަނީ ކޮމިޝަނާސް ބިއުރޯއަށެވެ. އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ އަބްދުﷲ ޝަތީހު ބަދަލުކުރަނީ ޕޮލިސް އެކަޑަމީ އަށެވެ.

މި ބޮޑު ބަދަލާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް ފަށާފައި ވަނީ، އެނގިފައިވާ ގޮތުގައި، ރިޔާޒު އިސްކޮށް ހުންނަވައިގެންނެވެ.

ދާދި ފަހުން ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގުގައި ބައިވެރިވާން ރިޔާޒު ވަނީ އެ ގައުމަށް ވެސް ވަޑައިގެންފަ އެވެ. އަދި ރާއްޖޭގައި މިހާތަނަށް މީހުން މެރުމުގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހުންނެވީ ވެސް ރިޔާޒެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ އާއި އަދި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު ފާހަގަކޮށްލެވެ އެވެ.