Roadha Mihaaru
އިންޑިއާގެ އަވަށެއްގައި އެތްތަކަށް ވޫލްގެ ހެދުން

އިންޑިއާގެ އަވަށެއްގައި އެތްތަކަށް ވޫލްގެ ހެދުން ލައްވައިފި

03 މެއި 2017

އިންޑިއާގެ މަތޫރާ ކައިރީ އޮންނަ ކުޑަ އަވަށެއްގެ އަންހެނުން، އެ ހިސާބުގައި އުޅޭ އެތްތަކަކަށް ކުލަ ގަދަ އަންނައުނު ތައްޔާރުކޮށް އެ ހެދުންތައް ލައްވައިފި އެވެ. މިއީ ފިނި މޫސުމުގެ އަސަރުން އެސޮރުމެން ސަލާމަތްކުރަން ކުރި ކަމެކެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އިންޑިއާގެ މަތޫރާ ކައިރީ އޮންނަ ކުޑަ އަވަށެއްގެ އަންހެނުން، އެ ހިސާބުގައި އުޅޭ އެތްތަކަކަށް ކުލަ ގަދަ އަންނައުނު ތައްޔާރުކޮށް އެ ހެދުންތައް ލައްވައިފި އެވެ. މިއީ ފިނި މޫސުމުގެ އަސަރުން އެސޮރުމެން ސަލާމަތްކުރަން ކުރި ކަމެކެވެ.

ވޫލުން އެތްތަކަށް އަންނައުނު ތައްޔާރުކުރީ، ފިނި މޫސުމުގައި އިންތިހާއަށް ފިނި ގަދަވާނެ ކަމަށް އެ އެތްތައް ބަލަހައްޓާ ސެންޓަރުން ބުނެފައި ވާތީ އެވެ. މާ ބޮޑަށް ފިނިވެއްޖެ ނަމަ އެސޮރުމެނަށް ކަށީގެ މައްސަލަތައް ދިމާވެ ނިއުމޯނިޔާ ޖެހިދާނެ ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އެތްތައް ބަލަހައްޓާ ސެންޓަރަށް ވޫލްގެ ހެދުންތައް އަންހެނުންގެ ގްރޫޕަކުން ހަދިޔާކުރުމާ އެކު އެ ހެދުންތައް މިހާރު ވަނީ އެ ހިސާބުގައި އުޅޭ 20 އެތަށް ހެދުން ލައްވައިފަ އެވެ. އެ ސޮރުމެން މިހާރު ތިބީ ފިންޏަށް ތައްޔާރުކޮށްފަ އެވެ.

މި އެތްތަކަކީ މީހުންގެ އަނިޔާއާ ގުޅިގެން ބަލިކަށިވެފައި ތިބި އެތްތަކެކެވެ. ވައިލްޑްލައިފް އެސްއޯއެސް އެލަފަންޓް ކޮންސާވޭޝަން ސެންޓަރުން އެ ސޮރުމެން ސަލާމަތްކޮށް ފަރުވާ ދެނީ އެ އަވަށުގެ މީހުންގެ އެހީއާ އެކު އެވެ.