07 ނޮވެމްބަރ 2019
ޖަނަވާރުންނާއި ތިމާވެށީގެ ހިމާޔަތަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން އިނގިރޭސީ ރާނީ މި އަހަރުން ފެށިގެން ޖަނަވާރު ކެހެރިން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ތުރުނުކުރައްވާނެ ކަމަށް އެ ކަމަނާގެ ހެދުންތައް ފަރުމާކުރާ އެންޖެލާ ކެލީ ބުނެފި އެވެ.
ޖަނަވާރުންނާއި ތިމާވެށީގެ ހިމާޔަތަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން އިނގިރޭސީ ރާނީ މި އަހަރުން ފެށިގެން ޖަނަވާރު ކެހެރިން ތައްޔާރުކޮށްފައިވާ އުފެއްދުންތައް ތުރުނުކުރައްވާނެ ކަމަށް އެ ކަމަނާގެ ހެދުންތައް ފަރުމާކުރާ އެންޖެލާ ކެލީ ބުނެފި އެވެ.
ދެހާސް ދެވަނަ އަހަރުން ފެށިގެން ރާނީގެ ޕާސަނަލް އެސިސްޓަންޓް އަދި ސީނިއާ ޑްރެސާގެ މަގާމު އަދާކުރަމުން އަންނަ ކެލީ ދާދި ފަހުން ނެރުނު ފޮތް "ދި އަދާ ސައިޑް އޮފް ދަ ކޮއިން: ދި ކްއީން، ދަ ޑްރެސާ އެންޑް ދަ ވޯޑްރޯބް" ގައި ބުނީ އަސްލު ކެހެރިން ތައްޔާރުކޮށްފައިވާ އުފެއްދުތައް މި އަހަރުން ފެށިގެން ރަސްމީކޮށް ރާނީ ބޭނުން ކުރެއްވުން ހުއްޓާލައްވާފައިވާ ކަމަށެވެ.
އަދި އޭގެ ބަދަލުގައި ރާނީ ފިނި މޫސުމުގައި ވެސް ބޭނުންކުރައްވާނީ އާޓިފިޝަލް ކެހެރިން ތައްޔާކުރާ އެއްޗެހި ކަމަށް ކެލީ ބުންޏެވެ.
Great news! Her Majesty the Queen has gone #fur free! In an interview in Vogue, the Queen’s senior dresser confirmed only faux fur will be worn for engagements. It’s unclear if this also includes her official robes so @HSIUKorg is seeking clarity. #FurFreeBritain ?? pic.twitter.com/2fqcYxsMRw
— HSI United Kingdom (@HSIUKorg) November 5, 2019
މިކަން ޝާހީ ގަނޑުވަރު ބަކިހަމް ޕެލެސް އިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޓެލެގްރާފަށް ޝާހީ ގަނޑުވަރުން ބުނީ ޖަނަވާރު ކެހެރިން ތައްޔާރުކުރާ އެއްވެސް އުފެއްދުމެއް ކުރިއަށް އޮތް ތަނުގައި ރާނީ ބޭނުން ނުކުރައްވާނެ ކަމަށެވެ.
RT if you agree that soldiers in the Queen's Guard should also STOP parading around with the FUR of bears gunned down in Canada on their caps. pic.twitter.com/z9RKw5JMnh
— PETA UK (@PETAUK) November 5, 2019
އުމުރުފުޅުން 93 އަހަރުގެ ރާނީގެ މި ނިންމެވުމާ ގުޅިގެން ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން އެކަމަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕެޓާ) އާއި ހިއުމޭން ސޮސައިޓީ ހިމެނެ އެވެ.
ހިއުމޭން ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާނީ ނަމޫނާއަކަށް ބަލައިގެން، އެކަމަނާގެ ފިޔަވަޅު މަތިން އިނގިރޭސި ސަރުކާރުން ވެސް އެ ގައުމަކީ ކެހެރީގެ ވިޔަފާރި އެއްކޮށް ހުއްޓައިލާ ގައުމަކަށް ހަދަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ޕެޓާ އިން ކުރި ޓްވީޓްތަކެއްގައި ވެސް ރާނީގެ ނިންމުމަށް ތައުރީފުކުރައްވައި ބުނީ މީގެ ތެރެއިން ދެން ކުރަންވީ ކަމަކީ ރާނީގެ ޝާހީ ގާޑުން ބޭނުންކުރާ ކެހެރީގެ އުފެއްދުންތައް ވެސް ބޭނުންކުރުން ހުއްޓައިލުން ކަމަށެވެ.
ދުނިޔޭގެ ވަރަށް މަޝްހޫރު ގިނަ ފެޝަން ކުންފުނިތަކުން ވެސް ވަނީ ޖަނަވާރުންގެ ކެހެރި އާއި ހަން އުފެއްދުންތަކުގައި ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ރާލްފް ލޯރެން، ގުޗީ، ކާލްވިން ކްލެއިން، އަރްމާނީ، ވަސާޗޭ، ޝެނެލް ވަސާޗޭ، ބާބެރީ އަދި ވިވިއެން ވެސްޓްވުޑް ފާހަގަކޮށްވެ އެވެ.
އިނގިރޭސިވިލާތުގައި އިތުރު 8 ސިޓީ އުފައްދައިފި
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
އިނގިރޭސި ވިލާތުން ޝާހީ ޔޮޓެއް އަލުން ބަންނަނީ
ރާނީގެ ތަހުތަށް 70 އަހަރު ފާހަގަކުރަން ގަސް އިންދަނީ
ފިލިޕްގެ ވާހަކަ މާގިނައިން ދައްކާތީ ބީބީސީ ހޫނުފެނަށް
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ
ރާނީގެ ދެކަނބަލުންނަށް ވެސް ކޮވިޑް ވެކްސިން ދީފި
ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް ކެންސަލް