04 މެއި 2017
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ މިއަދަށް 1،000 ދުވަސް ވީއިރު ވެސް އެ މައްސަލާގައި ދައުލަތުގެ އިދާރާތަކުން އެދެވޭ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނެތް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އޭނާގެ މަންމަ އާމިނަތު އީސާ ބުނެފި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ މިއަދަށް 1،000 ދުވަސް ވީއިރު ވެސް އެ މައްސަލާގައި ދައުލަތުގެ އިދާރާތަކުން އެދެވޭ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނެތް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އޭނާގެ މަންމަ އާމިނަތު އީސާ ބުނެފި އެވެ.
ދަރިފުޅު ވަގަށް ނެތިތާ 1،000 ދުވަސް ވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އާމިނަތު ބުނީ ރިލްވާނަށް ވީގޮތް ހޯދުމަށް މިދިޔަ ދުވަސްތަކުގައި، ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވަނީ ގޮސްފަ އެވެ. އަދި އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި އެ އަމަލު ހިންގި ބަޔަކު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ އާއި ފުލުސް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ލިޔުމުންނާއި އަނގަބަހުން އެދިފައިވާނެ ކަމަށް އައިޝަތު ބުންޏެވެ.
އެކަމަކު އދ. އާއި ބޭރުގެ ސަރުކާރުތަކަށް ވެސް ކުރި އެ އާދޭހަށް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.
"ރިލްވާން ގެއްލުވާލުމާ ގުޅިފައިވަނީ ހަމައެކަނި އަޅުގަނޑުމެންގެ ކުޑަކުޑަ އާއިލާ އެކަންޏެއް ނޫނެވެ. ރިލްވާނަކީ ވެސް ދިވެހި ރައްޔިތެކެވެ. އޭނާއަށް ތަކުރާރުކޮށް އިންޒާރު ދެމުން، އޭނާގެ ފަހަތުން ބަޔަކު ފާރަލަމުން ހިންގި މި ބޮޑު އަނިޔާވެރި ލާއިންސާނީ އަމަލު ހިންގީ މި މާލޭގެ މަގުމަތީގަ އެވެ. އޭނާ ހިނގާފައި ދިޔަ ހުރިހާ މަގެއްގައި ވެސް ކެމެރާތައް ހުއްޓެވެ." ރިލްވާން ދިރިއުޅޭ ހުޅުމާލޭގައި ވެސް އެކަމާ ގުޅޭ ހެކި ހުރިކަން ފާހަގަ ކުރަމުން އައިޝަތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުލުހުންނާއި ދައުލަތުގެ އިހުމާލުން، އެކަން ކުރި ބަޔަކު ރާއްޖޭން ބޭރަށް މިހާރު ފުރައިގެން ގޮސްފައިވާ ކަމަށާއި އެއިން އެނގެނީ ރިލްވާން ގެއްލުވާ ލިކަމުގެ ބިރު ކޮންމެ ދިވެއްސަކަށް ވެސް އޮތް ކަމެވެ.
އައިޝަތު ބުނީ އޭނާގެ ދެ ދަރިންނާއެކު މިހާރު ދެމިތިބީ، ރިލްވާނަށް ވީގޮތުގެ ތެދު މައުލޫމާތު ލިބެންދެން، އެ އިންތިޒާރުގަ އެވެ.
ރިލްވާންގެ މަންމަ ފާހަގަކުރި ގޮތުގައި ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މަރާލުމަކީ ވެސް ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ކަމެކެވެ.
ރިލްވާން ވަގަށް ނެގިތާ ތިން އަހަރުވާން ގާތްވެފައިވާއިރު، އޭނާއަށް އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ބްލޮގާ ޔާމީން ރަހުމު ކުޑަގޮތަކަށް މަރާލާފައިވާއިރު، އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރިލްވާންގެ މަންމަ ބުނީ މިހާރު އެންމެ ބޮޑު ހިތާމައަކީ، އޭނާގެ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން ކަމަށާއި ރިލްވާނަށް އިންސާފު ހޯދައިނުމަށް މަސައްކަތް ކުރަމުން ދިޔަ އެ ދަރި މަރާލުމުމުން ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވާ ކަމަށެވެ.
ރިލްވާން (ކ) އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން: ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކީ ޔާމީން
އަދި އޭނާގެ ދަރިފުޅު ގަސްދުގައި ގެއްލުލާފައިވާތާ 1000 ދުވަސް މިއަދު ފުރިފައިވާއިރު، އެކަން ކުރި ބަޔަކު އަދިވެސް ހޯދިފައި ނުވުމާއި އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅިފައި ނުވުމަކީ ހިތަށް ކެތްނުވާވަރުގެ ހިތާމައެއް ކަމަށް ބުންޏެވެ.
"އެކަމަކު ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ޔާމީން ކުރި މަސައްކަތުގެ ދެގުނައަށް މަސައްކަތްކޮށް، އިތުރު ހިއްވަރަކާއެކު މި ފަދަ ލާއިންސާނީ ކަންކަމުން ރާއްޖެ ސަލާމަތް ކުރުމަށް ފަސް ނުޖެހި، އަޅުގަނޑާއި އަޅުގަނޑުގެ ދެކުދިން ކުރިއަށް ގެންދާނަމެވެ." ރިލްވާންގެ ދޮއްޓަށް އިތުރު ދެ ކުދިން ހުންނަ، އައިޝަތު ބުންޏެވެ.
މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރިލްވާނަށް ވީ ގޮތެއް، ވަގަށް ނެގީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ
ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވަނީ
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ
ޔާމީން ރަޝީދުގެ މަރު: ހުކުމް އަންނަ މަހު އިއްވަނީ
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"