Roadha Mihaaru

ރިލްވާން ގެއްލުނު މައްސަލަ މި ވެރިކަން ނިމޭ ދުވަހަކުން ތަހުގީގު ކުރާނަން: ނަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އަންނަ ދުވަހަކުން ހިންގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިވެރިކަން ނިމުމުން ރިލްވާންގެ މައްސަލަ ތަހުގީގުކުރާނެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 މެއި 2017

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އަންނަ ދުވަހަކުން ހިންގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުނުތާ 1000 ދުވަސްވުމާ ދިމާކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލައިގައި ކުރުމަށް ހަަޖެހިފައިވަނީ އާންމުކޮށް ހުޅުވާލެވިފައިވާ ތަހުގީގެކެވެ. އަދި އެމަނިކުފާނުގެ ޓުވީޓުގައި ވަނީ ޓުވިޓާގައި "މޮޔަމީހާ" ގެ ނަމުން މަޝްހޫރު ރިލްވާން ހޯދުމަށް ގޮވާލައްވައިފަ އެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް 1،000 ދުވަސް ވީއިރު ވެސް އެ މައްސަލާގައި ދައުލަތުގެ އިދާރާތަކުން އެދެވޭ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނެތުމުން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ތިން އަހަރުވާން ކައިރިވެފައިވާއިރު، އެކަން ކުރި ބަޔަކު އަދިވެސް ހޯދިފައި ނުވުމާއި އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅިފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ. އެ މައްސަލަ ފުރިހަމަ އަށް ތަހުގީގުކުރަން ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ. އާއިލާއިން ތުހުމަތުކުރަނީ ބަޔަކު އޭނާ ވަގަށް ނެގީ ކަމަަށެވެ.

މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރިލްވާނަށް ވީ ގޮތެއް، އެކަން ކުރީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.