މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުނުއިރު ވެސް އެ މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ. ރިލްވާނަށް ވީ ގޮތެއް، ވަގަށް ނެގީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއީ، ހައްތާ ވެސް ފުނިޖެހިފައި ހުރި ސުވާލުތަކެވެ.
08 އޯގަސްޓް 2016
މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުނުއިރު ވެސް އެ މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ. ރިލްވާނަށް ވީ ގޮތެއް، ވަގަށް ނެގީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއީ، ހައްތާ ވެސް ފުނިޖެހިފައި ހުރި ސުވާލުތަކެވެ.
ލަސް ސްޕީޑެއްގައި ފުލުހުން ތަހުގީގު ކުރިއަށް ގެންދާއިރު، ދިވެހި ރައްޔިތަކު ގެއްލުވާލުން ސަރުކާރަށް މާ ބޮޑު މައްސަލައަކަށް ވެގެން އުޅޭ މަންޒަރެއް ވެސް ނުފެނެ އެވެ. އެކަމަކު މި މައްސަލައިގެ ކަންބޮޑުވުން ރިލްވާންގެ އާއިލާ އާއި ނޫސްވެރިންގެ ތެރޭގައި އިންތިހާ އަށް އެބަ އޮތެވެ. ރިލްވާނަށް ވީ ގޮތް ހޯދަން ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދިނަސް އޭނާ ވީ ގޮތެއް ނޭނގި ހޭދަވާ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބިރުވެރިކަން ބޮޑުވެ އެވެ.
ރިލްވާން ގެއްލުވާލުން، ނޫސްވެރިން ސިފަކުރަނީ "ނޫސްވެރިންނާއި މީޑިއާތަކަށް ދިން ވަރުގަދަ އިންޒާރެއް"ގެ ގޮތަށެވެ. އެ އިންޒާރަށް ފަހު ފިޔަވަޅުތައް އަޅަމުން ގޮސް ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ އެކު "ނޫސްވެރިކަމުގައި ތަޅުއަޅުވަން" ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ނޫސްވެރިން ދެކެ އެވެ.
ރިލްވާންގެ ޕޯސްޓަރެއް ހިފައިގެން އޭނާގެ މަންމަ (ކ) އާއި ދައްތަ.
ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން ސަރުކާރާއި ފުލުހުންގެ ޖަވާބުތަކާ މެދު ނޫސްވެރިން ހިތްހަމައެއް ނުޖެހެ އެވެ. ތަހުގީގާ ބެހޭ ގޮތުން ފުލުހުން ދައްކާ ވާހަކަ ދިމާނުވުމަކީ ވެސް ތަހުގީގާ ދޭތެރޭ ސުވާލު އުފައްދާ ކަމެކެވެ.
"ރިލްވާން ގެއްލުނު ހާދިސާ ކަވަރުކުރަން އުޅުނު ނޫސްވެރިއެއްގެ ގޮތުން އަޅުގަނޑަށް ފެނޭ މި ތަހުގީގުގައި ފުލުހުންގެ އިހުމާލު، ދައުލަތުގެ އިހުމާލު. ރިލްވާން ގޭ ކައިރިން ކާރަކަށް އަރުވައިގެން އޭނާ ވަގަށް ގެންދިއަ ކަން ބުނެދޭން ފުލުހުންނަށް ދެ އަހަރު ނެގި،" ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވި އެވެ.
"ކާރަށް އެރުވީ ރިލްވާން ނޫން ކަމަށް ފުލުހުން ބުނަމުން ދިޔައިރު، އެ ކާރަށް އަރުވައިގެން ގެންދިޔައީ ކާކުތޯ ހޯދަން ޖެހޭ. އެ ހިސާބުން ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔަ ނަމަ ރިލްވާނަށް ވީ ގޮތެއް ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން."
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުވާލި މައްސަލަ އދ.ގެ ވޯކިން ގްރޫޕުން އަންނަނީ ބަލަމުން. --ފޮޓޯ: މިހާރު
މިހާރު ހުއްޓާލާފައިވާ ސީއެންއެމްގެ ޑެޕިއުޓީ އެޑިޓަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާންގެ ތަހުގީގުގައި ގަސްތުގައި އިހުމާލުވެފައިވާ ކަމަށް ބުނެވޭނެ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. ވަރަށް ފަހުން ދެ މީހަކު ހައްޔަރުކުރީ، އޭނާ ތުހުމަތުކުރި ގޮތުގައި، ރިލްވާންގެ މައްސަލާގައި އދ. އަށް ޖަވާބުދާރީވާން ސަރުކާރަށް އެންގުމުން، އެ މައްސަލަ ތަހުގީގުކުރާ ކަން ދެއްކުމުގެ ގޮތުންނެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
"ރިލްވާން އެރުވި ކަމަށް ބުނާ ކާރުގެ ވެރިމީހާ ވެސް އެހެރީ ދޫކޮށްލާފައި. ދިވެހި ރައްތިޔަކު ގެއްލިގެން ސުވާލުކުރީމާ ދައުލަތުން މިބުނަނީ ހޯދަން ޖެހޭ ފަރާތްތަކުން ހޯދާނެތާއޭ. އެހާ ލުއިކޮށް ދޫކޮށްލުން އެއީ ދައުލަތުން އިހުމާލުވުން،" މިސްބާހު ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަށް ތާއީދުކުރައްވަމުން "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ވިދާޅުވީ ރިލްވާންގެ ތަހުގީގާއި އޭނާ ހޯދުމުގައި ދައުލަތުން އިހުމާލުވުމަކީ ވެސް ދިވެހި ރައްޔިތުންނަށް ނުރައްކާތެރި މެސެޖެއް ލިބޭ ކަމެއް ކަމަށެވެ. އޭގެ މާނައަކީ، ނާފިޒް ވިދާޅުވި ގޮތުގައި، އެއްވެސް ރައްޔިތަކަށް ސަލާމަތްތެރިކަމެއް ނެތް ކަމަށް ދައުލަތުން ސާފުކޮށް ބުނުމެވެ.
ފިޔާޒް ވިދާޅުވީ ރިލްވާން ގެއްލުވާލުމަށް ފަހު ނޫސްވެރިކަމަށް ސިލްސިލާކޮށް ހުރަސްތަކެއް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ޓީވީ އަށް ހުރަސްތައް ކުރިމަތިކުރުމާއި މީޑިއާތައް ބަންދުކުރުމާއި ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގެ މަގު ބަންދުކޮށް ނޫސްވެރިކަން އޮބިއަޅުވަން ބިލެއް ހުށަހެޅުން އޭނާ ފާހަގަކުރައްވަ އެވެ.
"ރިލްވާން ގެއްލުވާލުމަކީ ފެށުން، އޭގެ ފަހުން ނިޒާމުގެ ތެރެއިން ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިކަން އޮބިއަޅުވަން ސިލްސިލާ ކަންތައްތަކެއް ކުރަމުން މިދަނީ،" ފިޔާޒް ވިދާޅުވި އެވެ.
ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.
އޭނާ ވިދާޅުވި ގޮތުގައި ރިލްވާން ހޯދަން ފުލުހުންނަށް ފުރުސަތު ލިބުނެވެ. އޭނާ ވަގަށް ނެގުމާ ގުޅޭ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ވެސް ފުލުހުންނަށް ދެވެން އޮތެވެ. އެކަމަކު ގަސްތުގައި އެކަމަށް އިހުމާލުވުމުން އެކަމުގެ ހިތްދަތިކަން ރިލްވާންގެ އާއިލާ އާއި ނޫސްވެރިން ތަހައްމަލްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހިޔާލުފާޅުކުރުމުގެ ބިލާ އެކު، ރިލްވާން އަށް ވީ ކިހިނެއްހޭ އަހާ މީހާ ވެސް ކުޑަގޮޅީގައި އޮންނަން ޖެހޭ ގޮތަށް ސަރުކާރުން އަމާޒު ހިފާފައި ވުމެވެ.
ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ސުވާލުތައް ހުރީ ހުރި ތަނުގަ އެވެ. ޖަވާބު ލިބޭނެ ގޮތެއް އަދިވެސް ނެތެވެ.
އާދޭސްކުރި މަންމަގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ!
ފ. އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ބިރުދައްކައިފި
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
އޭސީޕީ ރިޔާޒާ ގުޅިގެން ދެއްކި ވާހަކަ ދޮގުކޮށްފި
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!