Roadha Mihaaru

ރޮއެ އާދޭސްކުރި މަންމަގެ ރުޅިގަނޑު އެންމެ ފަހުން ފަޅައިގެން ހިނގައްޖެ!

ނޫސްވެރިޔާ އަހްމަދު ރިލްވާން، ވަގަށް ނެގުމުގެ ހިތާމައިގައި އަޑުން އަޑު ނަގައި، ރުއިން ނޫން ކަމެއް ވޭތުވެދިޔަ ތިން އހަަރު މަންމަ އައިމިނަތު އީސާ ނުކުރެ އެވެ. ދަރިފުޅު ހޯދައިދޭން އެދި އެ މަންމަ އާދޭސް ނުކުރާ، ސަރުކާރުގެ މުއައްސަސާއެއް ނެތެވެ. އެކަމަކު ނަތީޖާއެއް ނުފެނެ އެވެ. ކުޑަމިނުން ދުނިޔޭގައި ހުރި ކަން ނުވަތަ ނޫން ކަން ވެސް އެނގޭވަރެއް ނުވި އެވެ.

އާދޭސްކުރި މަންމަގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

09 އޯގަސްޓް 2017

ނޫސްވެރިޔާ އަހްމަދު ރިލްވާން، ވަގަށް ނެގުމުގެ ހިތާމައިގައި އަޑުން އަޑު ނަގައި، ރުއިން ނޫން ކަމެއް ވޭތުވެދިޔަ ތިން އހަަރު މަންމަ އައިމިނަތު އީސާ ނުކުރެ އެވެ. ދަރިފުޅު ހޯދައިދޭން އެދި އެ މަންމަ އާދޭސް ނުކުރާ، ސަރުކާރުގެ މުއައްސަސާއެއް ނެތެވެ. އެކަމަކު ނަތީޖާއެއް ނުފެނެ އެވެ. ކުޑަމިނުން ދުނިޔޭގައި ހުރި ކަން ނުވަތަ ނޫން ކަން ވެސް އެނގޭވަރެއް ނުވި އެވެ.

ރިލްވާންގެ ހަނދާނުގައި އިއްޔެ ބޭއްވި ހިނގާލުމަށް ވެސް އެ މަންމަ ނިކުތީ އެ ހިތްދަތިކަމުގަ އެވެ. އެކަމަކު ފެނުނު މަންޒަރު އެހެން ދުވަސްތަކާ ވަރަށް ތަފާތެވެ؛

ކުރިން ބޭއްވި އެއްވުންތަކުގައި، އަޑުން އަޑު ނަގައި ރުއި، މަންމަގެ ރުޅިގަނޑު އިއްޔެ ފަޅައިގެން ދިޔައީ އެވެ. ބުނަން ބޭނުން ނުވެގެން، ހިތުގައި ފޮރުވާފައި ހުރި ހުރިހާ އުދާސްތަކެއް ބޭރުކޮށްލީ އެވެ. ދަރިފުޅު ވަގަށް ނެގީ ސީދާ މި ސަރުކާރުން ކަމަށް ވެސް ތުހުމަތުކުރީ އެވެ. އެކަން ފޮރުވަން ފުލުހުން އެހީތެރިވަމުންދާ ކަމުގެ ތުހުމަތު ވެސް ކުރި އެވެ. ސަބަބަކީ، ތިން އަހަރު ވިއިރު، އެންމެ ކުޑަވެގެން ރިލްވާނަށް ވީ ގޮތެއް ވެސް ހޯދައިދީފައި ނުވާތީ ކަމަށް ބުންޏެވެ.

ރިލްވާން ވީ ކޮން ތާކުތޯ މަންމަ، ފުލުހުންނާ ސުވާލުކުރަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ރިލްވާން ވީ ކޮން ތާކުތޯ މަންމަ، ފުލުހުންނާ ސުވާލުކުރަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު

"މަންމަގެ ހިތްދަތިކަން ކޮޅުންލައި، އިއްޔެ ރުޅިގަނޑު ފަޅައިގެން ދިޔައީ. މޫނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހިއިރު ވެސް ދުރަކަށް ނުޖެހުނު. ކޮންމެ ގޮތެއްވިއަސް ވަރިހަމަ ކަމަށް ހުރީ. ރިލްވާން ގެއްލުނު ފަހުން ވެސް މަންމަ އެހާ ހިތްވަރު ގަދަކޮށް ހުއްޓައި ނުދެކެން،" ދަރިފުޅު، ފާތުމަތު ޝެހެނާޒް ބުންޏެވެ.

އެހެން އެއްވުންތަކެކޭ އެއްގޮތަށް، އިއްޔެގެ ހިނގާލުން ފެށުމާ އެކު ވެސް ފުލުހުން އެންގީ އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރިލްވާންގެ މަންމަ އެދުނީ، ސަބަބު އޮޅުންފިލުވައިދޭށެވެ. ދަރިފުޅު ހޯދައިދޭން އެދި ޝުއޫރު ފާޅުކުރުމަކީ ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެންމެ ކުރީ ސަފުގައި ހުރެ ހިނގާލުން ކުރިއަށް ގެންދިޔަ އެވެ.

ދަރިފުޅު ހޯދަން ނުދާ ތަނެއް ނެތް ކަމަށް ބުނެ، ދެން ދާންވީ ކޮން ތަނަކަށްހޭ ވެސް ފުލުހުންނާ ސުވާލުކުރި އެވެ. އޮތް ހަމައެކަނި ދިމާލަކީ މަގުމަތި ކަމަށާއި މަގުމައްޗަށް ނިކުތުމުން "ގަޔަށް ބޮލަށް އަރައިގަނެ އަނިޔާ" ކުރަނީ ކީއްވެހޭ ވެސް އެހި އެވެ.

ރިލްވާންގެ ހަނދާނުގައި ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ރިލްވާންގެ ހަނދާނުގައި ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު

"ފުލުހުންނާ ދިމާލަށް ވެސް އިއްޔެ ބުނި، ކުރިން ވަރަށް ލޯބިވީމޭ ތި ކުދިން ދެކެ. ވަަރަށް ގަދަރު ވެސް ކުރީމޭ. އެކަމަކު މިހާރު، ފެނުނަސް ރުޅިގަދަވެއޭ. ތިން އަހަރު ވިއިރު ވެސް ދަރިފުޅަށް ވީ ގޮތް ނުބުނެދީ، ދަރިފުޅު ކޮބައިހޭ އެހީމަ ވެސް އަނިޔާއެއް ނޫންހޭ ތި ކުރަނީ،" ޝެހެނާޒް ބުންޏެވެ.

ރިލްވާންގެ މަންމަ އަށް ކޮށްފައިވާ އަސަރުން އިއްޔެ ވެސް އެތައް ބަޔަކު ރޮއްވާލި އެވެ. ކޮންމެ ފުލުހަކާ ދިމާވިއަސް ދަރިފުޅު ކޮބައިހޭ، ވީ ކިހިނެއްހޭ އަހައި މަންމަ ކުރި ސުވާލުތަކުން އެތަނުގައި ތިބި ނޫސްވެރިންނާއި އާއްމުންނަށް ވެސް ހިތަށް އުނދަގޫވި އެވެ.

"އެ މަންމަ ރުއި ވަރާއި ކުރި ޝަކުވާތައް ފެނިފައި ހިތްފަޅައިގެން ދިޔަ. އެ މަންޒަރު ފެނުނު ކޮންމެ މީހަކަށް ރޮވޭނެ،" އިއްޔެގެ އެއްވުން ކަވަރު ކުރި ނޫސްވެރިއަކު ބުންޏެވެ.

އެކަމަކު ރިލްވާންގެ މައްސަލާގައި އަދިވެސް އޮތީ ސުވާލުތަކެވެ. އޭނާގެ މަންމަ އާއި އާއިލާއަށް ހިތްދަތިކަމެވެ.