Roadha Mihaaru
ކާމިޔާބު ލިބުނީ އިންތިޚާބަށް ނުފޫޒުފޯރުވިކަމަށް ބުނުމުން

އިންތިޚާބު ކާމިޔާބު ކުރެވުނީ ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނުމުން: ޓްރަމްޕް

12 މެއި 2017

ވޮޝިންޓަން (މެއި 12) - މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ސިއްރަކީ ރަޝިޔާ އިން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ހަދައިގެން ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 12) - މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ސިއްރަކީ ރަޝިޔާ އިން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ހަދައިގެން ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ޖޭމްސް ކޯމޭ ވަކި ކުރި މައްސަލަ ދިފާއު ކުރައްވާ ޓްރަމްޕް ވިދާޅުވީ އޭނާ ވަކި ކުރަން ޖެހުނީ ރަޝިޔާ އިން އިންތިޚާބަށް ނުފޫޒުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރާތީ ނޫން ކަމަށެވެ. އަދި ޓްރަމްޕުގެ އެއްވެސް މައްސަލައެއް އެއްވެސް ބަޔަކު ބަލަމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ. ކޯމޭ ވަކިކުރި ފަހުން ދެއްވި ފުރަތަމަ އިންޓަވިއުގައި އެންބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެޓާނީ ޖެނެރަލްގެ ލަފާ ލިބުމުގެ ކުރިން ވެސް ނިންމާފައި ވަނީ ކޯމޭ ވަކި ކުރަން ކަމަށެވެ.

"ރަޝިޔާ އިން އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ޑިމޮކްރެޓިކް ޕާޓީން ބުނަނީ އިންތިޚާބުން ބަލިވުމުން ބަހަނާ އަކަށް. އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެފްބީއައި އިން ކުރާ ތަހުގީގު ހުއްޓާލުމަށް އޭނާ އަންގަވާފައި ނުވާނެ ކަމަށެވެ. އަދި އެ ތަހުގީގު ކުރިއަށް ގެންގޮސް ރަޝިޔާ ނުވަތަ އެހެން ގައުމަކުން ވިޔަސް އެމެރިކާގެ އިންތިޚާބު ހެކްކޮށްފައިވޭތޯ ބަލަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާން ވިދާޅުވީ ކޯމޭގެ އެދިވަޑައިގަތުމަކަށް ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ކޯމޭ ވަނީ ޓްރަމްޕުގެ މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ.

އެފްބީއައިގެ އެކްޓިން ޑިރެކްޓަރު ވިދާޅުވީ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ވައިޓް ހައުސް އަށް ނުދޭނެ ކަމަށާއި ތަހުގީގަށް ނުފޫޒު ފޯރުވަން އުޅޭ ނަމަ ސެނެޓުގެ ކޮމިޓީގެ ސަމާލު ކަމަށް އެކަން ގެންނާނެ ކަމަށެވެ.