Roadha Mihaaru
ޓްރަމްޕުގެ ކެމްޕޭނަށް އެފްބީއައި އިން ޖާސޫސް ކުރިތޯ ބަލަނީ

ޓްރަމްޕުގެ ކެމްޕޭނަށް އެފްބީއައި އިން ޖާސޫސް ކުރިތޯ ބަލަނީ

21 މެއި 2018

ވޮޝިންޓަން (މެއި 21) - ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް "ނުރަނގަޅު މަގްސަދެއްގައި" އެފްބީއައި އިން ޖާސޫސް ކުރިތޯ ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގު ކުރާނެ ކަމަށް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 21) - ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް "ނުރަނގަޅު މަގްސަދެއްގައި" އެފްބީއައި އިން ޖާސޫސް ކުރިތޯ ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގު ކުރާނެ ކަމަށް ބުނެފި އެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ކުރިން ވެރިކަމުގައި ހުންނެވި ބަރަކް އޮބާމާ އެފަދަ ކަމެއް ކުރަން އެންގެވިތޯ ބަލަން ބޭނުންވާ ކަމަށެވެ. އެމެރިކާގެ އެޓާނީ ޖެނެރަލްގެ ނައިބް ވިދާޅުވީ ޓްރަމްޕުގެ ކެމްޕޭނަށް ޖާސޫސްކޮށްފައިވާކަން އެނގޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޓްރަމްޕުގެ ކެމްޕޭނަށް ރަޝިޔާ އިން އެހީވެދީފައިވޭތޯ ބަލަން މިހާރު ވެސް ތަހުގީގު ދަނީ ކުރިއަށެވެ. އެފްބީއައި އިން ޓްރަމްޕުގެ ކެމްޕޭނަށް ނުފޫޒު ފޯރުވިތޯ ބަލާނެކަން އިއުލާން ކުރުމުގެ ކުރިން ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގައި ވަނީ އެމަނިކުފާނުގެ ކެމްޕޭނަށް ރަޝިޔާ އިން އެހީވެދިން ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ވިދާޅުވެފަ އެވެ.

މިިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވެސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ކެމްޕޭން ޓީމަށް އެފްބީއައި އިން ޖާސޫސަކު ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.