Roadha Mihaaru
މީރާ އާއި ފާލިހްގެ ކައިވެނީގެ މަންޒަރުތައް ލަވަޔަކުން

މީރާ އާއި ފާލިހްގެ ކައިވެނީގެ މަންޒަރުތައް ލަވަޔަކުން

16 މެއި 2017

ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ އަބްދުﷲ ފާލިހު މީގެ މަހެއްހާ ދުވަސް ކުރިން ކުރި ކައިވެނީގެ މަންޒަރުތައް އެ މީހުންގެ ފޭނުންނަށް ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ އަބްދުﷲ ފާލިހު މީގެ މަހެއްހާ ދުވަސް ކުރިން ކުރި ކައިވެނީގެ މަންޒަރުތައް އެ މީހުންގެ ފޭނުންނަށް ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.

ކައިވެނީގެ ހަފުލާގެ ތައްޔާރީތަކާއި އެ ހަފުލާގެ ނިމުމާ ހަމައަށް ނަގާފައިވާ ހުރި ފުޓެޖްތައް އެއްކޮށްލައިގެން މިހާރު ވަނީ ވީޑިއޯ ލަވައެއް ހަދައިފަ އެވެ. މަންޒަރުތައް ދައްކަނީ މީރާ އާއި ފާލިހް އެންމެ ފުރަތަމަ ކަވައެއްގެ ގޮތުގައި ކީ ލަވަ "ކިޔާދެވުނީމާ" އާ އެކުގަ އެވެ.

މިއީ ތަންކޮޅެއް ކުރިން ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައި އޮތް، ހިންދީ ކޮޕީ ރާގަކަށް އަލީ ރަމީޒާއި ފާތުމަތު ރައޫފު ކިޔާފައިވާ ލަވައެކެވެ.

"ކިޔާދެވުނީމާ" އާ ބެހޭ ގޮތުން ފޭސްބުކްގައި މީރާ ބުނީ ކައިވެނީގެ މަންޒަރުތަކާ އެކު ގެނެސް ދިން ލަވައަކީ އަދި "ރަފް" ލަވައެއް ކަމަށެވެ. އެހެންވެ މީގެ އަސްލު އަދި އަންނަން އޮތީ ކަމަށް ބުންޏެވެ.

"ކިޔާދެވުނީމާ" ގެ ވީޑިއޯ ތައްޔާރުކޮށްފައި ވަނީ ޗޮޕްއާޓުންނެވެ.