Roadha Mihaaru
ނިއުމާގެ ފަހު ލަވަޔަކަށް "ނިވައިރޯޅި" ގެ ޕްރޮމޯއެއް

ނިއުމާގެ ފަހު ލަވަޔަކަށް "ނިވައިރޯޅި" ގެ ޕްރޮމޯއެއް

01 ޖެނުއަރީ 2019

ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާކުރާ އަދި އޮލިމްޕަސް ސިނަމާ އަށް މި އަހަރު އަންނަ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ އާ ޕްރޮމޯޝަނަލް ލަވައެއް އާ އަހަރާ ދިމާކޮށް ރޭ ދައްކާލައިފި އެވެ. މިއީ ފިލްމީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާ ކުޅޭ ފަހު ލަވަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާކުރާ އަދި އޮލިމްޕަސް ސިނަމާ އަށް މި އަހަރު އަންނަ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ އާ ޕްރޮމޯޝަނަލް ލަވައެއް އާ އަހަރާ ދިމާކޮށް ރޭ ދައްކާލައިފި އެވެ. މިއީ ފިލްމީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާ ކުޅޭ ފަހު ލަވަ އެވެ.

ބަތަލާ ނިއުމާ މުހައްމަދު ވަދާއީ ފިލްމަށް ބެލުންތެރިންގެ ސަމާލުކަން އިތުރަށް ހޯދުމަށްޓަކައި ގެނެސްދިން ލަވައިގެ ނަމަކީ "ސިހުރު ފަދަވި ކަމަނަ" އެވެ. މީރާ މުހައްމަދު މާޖިދު ކިޔާފައިވާ ލަވައިގެ ވީޑިއޯ ގެނެސް ދީފައި ވަނީ ތަންކޮޅެއް ތަފާތު ގޮތަކަށެވެ.

ދެހާސް އަށް ވަނަ އަހަރު ރިލީޒްވި ފިލްމު "ޓަޝަން" ގައި ހިމެނޭ "ޗަލިޔަ ޗަލިޔާ" ލަވައިގެ ރާގަށް ހަދާފައިވާ ލަވައިގެ ވީޑިއޯ އިން ނިއުމާގެ ތަފާތު ފެނިލުންތަކެއް ވަނީ ދައްކާލައިފަ އެވެ. އެ ލަވައިން ކަރީނާ ކަޕޫރް ފެނިގެންދާ އިރު ލަވަ ކިޔާފައި ވަނީ ސުނީދީ ޗޯހަން އެވެ.

"ނިވައިރޯޅި" އަޅުވަން ގާތްވަމުން އަންނަ އިރު، މި ފިލްމުގެ ޓިކެޓް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަނީ ވިއްކަމުންވެ. އޮލިމްޕަހުން ޓިކެޓް ގަންނަން ލިބޭނީ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.

"ސިހުރު ފަދަވި ކަމަނަ" ލަވައިގެ ވީޑިއޯ.

ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް 150ރ. އަށް ވިއްކާ އިރު، ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއާ ކުރުމަށް ފަހު، މި މަހުގެ ތެރޭގައި 30 ވުރެ ގިނަ ރަށުގައި ފިލްމު ދައްކަން ވަނީ ހަމަޖައްސައިފަ އެވެ، އަދި ވަރަށް ކުލަ ގަދަ އިވެންޓަކާ އެކު މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ފިލްމުގެ ޕްރިމިއާއެއް ބާއްވާނެ އެވެ.

ނިއުމާއާ އެކު ބޮޑު ކާސްޓެއް ވެސް ފެނިގެންދާ "ނިވައިރޯޅި" އަކީ އޭނާ އާއި ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި ހަދާފައިވާ ފިލްމު ކުންފުނި ނިއުޒޯ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ ނިއުމާ އެކްޓް ކުރުން ހުއްޓައިލާ ފިލްމަށްވާތީ އާއި މޫމިންގެ ޑައިރެކްޝަނަކަށްވާތީ ފިލްމަށް ބެލުންތެރިން ކުރާ އުންމީދުތައް ވެސް ބޮޑެވެ.