Roadha Mihaaru
ގާސިމާއި ރިޔާޒްގެ މައްސަލާގައި ފުލުހުން ވާހަކަ ނުދެއްކި

ގާސިމާއި ރިޔާޒްއާ ގުޅޭ ގޮތުން ދޮގު ހެދި ކަމަށް ބުނާ މައްސަލާގައި ފުލުހުން ވާހަކައެއް ނުދެއްކި

17 މެއި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ބޭއްވި ޝަރީއަތުގައި، ފުލުހުން ދެއްކި ވާހަކަ އާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މައްސަލައެއް ތަހުގީގުކޮށް ނިންމައި ޕީޖީ އަށް ފޮނުވި ކަމަށް ބުނެ، ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ބޭއްވި ޝަރީއަތުގައި، ފުލުހުން ދެއްކި ވާހަކަ އާއި އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މައްސަލައެއް ތަހުގީގުކޮށް ނިންމައި ޕީޖީ އަށް ފޮނުވި ކަމަށް ބުނެ، ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ގާސިމާއި ރިޔާޒާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަންކަން އަދިވެސް ހުރުމުންނާއި އެ މައްސަލަތަކުގެ ބާވަތުން އެކަމުގެ ތަފްސީލެއް މި ވަގުތު ދެވޭކަށް ނެތެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ރަސްމީ އެއްވެސް އިދާރާއަކުން ޝަރީއަތުގެ މަޖިލިހުގައި ދޮގު ހެކި ދިނުމާއި ދޮގު ހުވާ ކުރުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ.

ރިޔާޒް (ކ) އަދި އިދިކޮޅު ކޯލިޝަންގެ އިސްވެރިންތަކެއް މަގުމަތީގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިޔާޒް (ކ) އަދި އިދިކޮޅު ކޯލިޝަންގެ އިސްވެރިންތަކެއް މަގުމަތީގައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާސިމަށް ކުރި ޝަރުތުތަކަކާ އެކު، ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރު ބިނާ ކުރީ ފުލުހުން ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ކަން އެނގޭތީ ގާސިމް ބަންދުކޮށް ތަހުގީގު ހިންގާފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި ގާސިމްގެ މައްޗަށް ކުރި ވަރުގަދަ ހަތް ޝަރުތު ކްރިމިނަލް ކޯޓުން ބާތިލް ކޮށްދޭން ޖެހޭނެ ކަމަށް ހިސާން ގަބޫލު ކުރައްވަ އެވެ.

ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލިހުގައި، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ގާސިމްގެ ފަރާތުން ތަކުރާރުކޮށް ސުވާލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ނުވާނެ ކަމަށް ފުލުހުން ބުނި ކަމަށް ގާސިމްގެ ވަކީލުން ވަނީ ބުނެފަ އެވެ.

އެކަމަކު ޕީޖީ އޮފީހުގެ ސިޓީއަކާ ހަވާލާދީ ވަކީލުން ބުނި ގޮތުގައި ގާސިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހު ފުލުހުން ޕީޖީ އަށް ހުށަހެޅި މައްސަލަ އަނބުރާ ފުލުސް އޮފީހަށް ފޮނުވީ، ގާސިމްގެ ބަންދުގެ މުއްދަތު ޖެހުމަށް އެންމެ ފަހުން ކޯޓަށް ހާޒިރުކުރި ދުވަހު އެވެ. އެއީ މިދިޔަ ބުދަދުވަހު އެވެ.

މީގެ އިތުރުން ރިޔާޒްގެ އިތުރު ދެ މައްސަލައެއްގައި ދައުވާކުރަން ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ރިޔާޒަށް ފުލުހުން އެންގިޔަސް އެ މައްސަލަތައް ޕީޖީ އޮފީހުގައި ނެތް ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ރިޔާޒްގެ ވަކީލު، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރިޔާޒްގެ ދެ މައްސަލައެއް ޕީޖީ އަށް ފޮނުވިކަން އެނގުނީ ފުލުހުން ދިން ލިޔުމެއްގައި ކަމަށެވެ. އަދި މި މައްސަލާގައި ދޮގު ހަދަނީ ކޮން މުއައްސަސާއަކުން ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޖީ އަށް ނުލިބޭ ކަމަށް ބުނާއިރު، ޕީޖީ އިން އަނބުރާ މައްސަލަ ފޮނުވާލާފައި އޮވެދާނެ މީޑިއާތަކަށް ނާންގައި. ޕީޖީން ހަދަނީ ތެދު ކަން ވެސް ބުނާކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރިޔާޒްގެ މައްޗަށް ދައުވާ ކުރަން ފޮނުވި ދެ މައްސަލައަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުރެވޭނެ ދައުވާތަކެއް ނޫނެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގާނޫނުލްއުގޫބާތުގައި ނުހިމެނޭ ކުށްތަކަކަށްވާތީ އެވެ.

ފުލުހުންގެ ލޯންޗެއްގައި ގާސިމް ދޫނިދޫ އަށް ގެންދަނީ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުލުހުންގެ ލޯންޗެއްގައި ގާސިމް ދޫނިދޫ އަށް ގެންދަނީ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ގާސިމާއި ރިޔާޒްގެ މައްސަލަތައް ފުލުހުންގެ ތެރެއިން ތަހުގީގު ކުރަން ތިބީ އެހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ފުލުހުންނެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ތެރޭގައި އެ ދެ ބޭފުޅުންގެ މައްސަލަތައް ތަހުގީގު ކުރަނީ "ކޮންމެވެސް ގޮތަކުން ހޮވާލެވިގެން އުޅޭ ބައެއް" ކަމަށެވެ.

ރިޔާޒަށް ފުލުހުން ދީފައިވާ ކުށުގެ ރެކޯޑް ފޯމް ބުނާގޮތުން ރިޔާޒަށް ދައުވާކުރަން ފޮނުވި އިތުރު ދެ މައްސަލައަކީ ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި ފިތުނަ އުފެދޭ ޒާތުގެ ވާހަކަ ދެއްކި މައްސަލަތަކެވެ. ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. ރިޔާޒްގެ މައްސަލައިގެ ޝަރީއަތް މިހާރު އޮތީ ހުކުމް އިއްވާ މަރުހަލާގަ އެވެ.

ގާސިމަށް މިހާރު ދައުވާ އުފުލާފައިވާ މައްސަލަ އަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ފުރަތަމަ ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކުރާ ދައުވާ އެވެ. އެ ދައުވާ ކުރަނީ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އޭނާ އަށް ދައުވާ ކުރަން ފޮނުވި ދެވަނަ މައްސަލަ އަކީ 42 މެމްބަރުންގެ ސޮޔާ އެކު، މަސީހުގެ އިތުބާރު ނެތް ކަމަށް އަލުން ހުށަހަޅަން ތައްޔާރުވަމުންދާއިރު، މެމްބަރުންނަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ކޯޓުން އޭނާ ދޫކޮށްލީ މެއި ދިހައެއްގަ އެވެ.